Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކޯޗު ބޭރުކުރަން ގޮވާލަ ގޮވާލަ ތިއްބާ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވެސް ޔުނައިޓެޑުން ބަލިކޮށްފި

ކޯޗު ބޭރުކުރަން ގޮވާލަ ގޮވާލަ ތިއްބާ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވެސް ޔުނައިޓެޑުން ބަލިކޮށްފި

އައިޝަތު އީމާން
324 ދުވަސް ކުރިން - 19 އޮކްޓޫބަރު 2025 22:46
ޔުނައިޓެޑް މޮޅުކޮށްދިން ގޯލު ކާމިޔާބުކުރި މަގުއިރޭ. - ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް
ޔުނައިޓެޑް މޮޅުކޮށްދިން ގޯލު ކާމިޔާބުކުރި މަގުއިރޭ. - ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް
ޚުލާސާ

ޔުނައިޓެޑުން މިރޭ ހޯދި މޮޅާއެކު އެ ކުލަބުން މިވަނީ ތާވަލުގެ ނުވަ ވަނައަށް ޖެހިލާފަ. އަދި ލިވަޕޫލް މިވަނީ ތިން ވަނައަށް ވެއްޓިފައި.

މި ސީޒަނުގައި އަދި މިދިޔަ ސީޒަނުގައި ވެސް ހޯދަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ސަޕޯޓަރުން ރުޅިގަދަވެ ކޯޗު ބޭރުކުރަން ގޮވާލަ ގޮވާލަ ތިއްބާ މެންޗެސްޓާ ޔުނައިޓެޑުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވެސް ބަލިކޮށްފި އެވެ.

2-1 ގެ ނަތީޖާއިން ޔުނައިޓެޑު، ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައިވާއިރު. ޕްރިމިއާ ލީގުގެ މި ސީޒަނުގައި ކުޅުނު ބޮޑު ތިން މެޗުގެ ތެރެއިން ދެ މެޗު އެކުލަބުން މިވަނީ ކާމިޔާބުކޮށްފަ އެވެ. އެއީ މިދިޔަ މަހު ޗެލްސީއާ ދެކޮޅަށް ހޯދި މޮޅާއި މިރޭގެ މޮޅެވެ. އަދި ބޮޑު މެޗަކުން ލީގުގައި ބަލިވެފައިވަނީ މެންޗެސްޓާ ސިޓީ އަތުންނެވެ.

މިރޭގެ މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ޔުނައިޓެޑުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ދެ ވަނަ މިނެޓުގައި ލިވަޕޫލްގެ ގޯލު ފޫއަޅުވާލީ ފޯވާޑު އެމްބޫމޯ އެވެ. މި ގޯލު ޖަހަން އޭނާ އަށް އެހީވީ ޑިއާލޯ އެވެ.

Advertisement

Advertisement 1

މުޅި ޖުމްލަ 11 ހަމަލާ ލިވަޕޫލުން ފޮނުވާލާފައިވާއިރު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ވެސް ލިވަޕޫލުންނެވެ. ލިވަޕޫލް އިން ކާމިޔާބުކުރި ހަމައެކަނި ގޯލަކީ 78 ވަނަ މިނެޓުގައި ގަކްޕޯ ގޯލު ކުރިމަތިން ލިބުނު ފުރުސަތެއްގައި ޖެހި ގޯލެކެވެ. ޔުނައިޓެޑް މޮޅުވި ގޯލު 84 ވަނަ މިނެޓުގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ބުރޯނޯ ނަގައިދިން ކްރޮހަކުން މަގުއިރޭ އެވެ. އޭނާ މި ގޯލު ޖެހީ ބޮލުންނެވެ.

މި މޮޅާއެކު ޔުނައިޓެޑް މިވަނީ 13 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައަށް ޖެހިލާފަ އެވެ. އަދި ލިވަޕޫލް މިވަނީ ތިން ވަނައަށް ވެއްޓިފައެވެ. ލިވަޕޫލަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. އެއްވަނައިގައި 19 ޕޮއިންޓާއެކު އާސެނަލް އޮތްއިރު ދެވަނައިގައި 16 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުލިވަޕޫލްމެންޗެސްޓަރ ޔުނައިޓެޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

9 ދުވަސް ކުރިން - 22:27

ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރަން ބާކޯލާ ދެކޮޅު ހަދައިފި؛ އޭނާ ހޯދުމުގެ ރޭހުގެ ކުރީގައި އޮތީ ލިވަޕޫލް

ބާކޯލާ ހޯދުމުގެ ރޭހުގެ ކުރީގައި ލިވަޕޫލް

45 ދުވަސް ކުރިން - 20:03

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

58 ދުވަސް ކުރިން - 18:15

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

100 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

102 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

107 ދުވަސް ކުރިން - 13:01