ކަރކްގެ މަރު: އެފްބީއައި އިން 1 ލައްކަ ޑޮލަރު ހުށަހަޅައިފި

ޢަބްދުﷲ ޖުނައިދު | 19 ދުވަސް ކުރިން - 12 ސެޕްޓެންބަރު 2025 11:50
ޗާލީ ކަރކް: އޭނާ މަރައިލި ކަމަށް ޝައްކު ކުރެވޭ މީހާގެ ފޮޓޯ ވަނީ ޢާންމުވެފަ.
ޗާލީ ކަރކް: އޭނާ މަރައިލި ކަމަށް ޝައްކު ކުރެވޭ މީހާގެ ފޮޓޯ ވަނީ ޢާންމުވެފަ.
ޚުލާސާ

ކަރކް މަރައިލި މީހާގެ މަޢުލޫމާތު ފޯރުކޮށްދޭ މީހަކަށް ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އިން 1 ލައްކަ ޑޮލަރު ހުށަހަޅއިފި

ހައްދުފަހަނަ އެޅި އިސްރާއީލުން ޣައްޒާގައި ހިންގާ ޢުދުވާނަށް ތާޢީދުކޮށް، އެ ބިން އިސްރާއީލަށް ލިބެން ޖެހޭނެ ކަމަށް ބުނެ މީހުންނަށް އެ ކަން ވިސްނުވައިދިނުމުގައި އުޅުނު ޗާލީ ކަރކް މަރައިލި މީހާގެ މަޢުލޫމާތު ފޯރުކޮށްދޭ މީހަކަށް ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އިން 1 ލައްކަ ޑޮލަރު ހުށަހަޅއިފިއެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އޭނާގެ މަރާއި ޓްރާންސް ޖެންޑަރ އާއި ގުޅުމެއް ވެއެވެ. ސަބަބަކީ އޭނާ މަރައިލި ކަމަށް ބެލެވޭ މީހާ ކަމަށް ބުނެ އެފްބީއައި އިން ޢާންމުކުރި ފޮޓޯގައި އެ މީހާ ލައިގެން ހުރި ޓީޝާޓުގައި ބަޑީގެ ފޮޓޯ އާއި ޓްރާންސްޖެންޑާ އާއި ގުޅޭ ކުރެހުންތަކެއް ހުރުމުންނެވެ. ނަމަވެސް އެފްބީއައި އަށް މިހާތަނަށް އެ ކަމުގެ ސާފު ހެއްކެއް ނުލިބޭ ކަމަށް ޚަބަރުތައް ބުނެއެވެ. އެފްބީއައި އިން ބޭނުމީ އެ މީހާގެ ސާފު މަޢުލޫމާތު ހޯދާށެވެ.

ކަރކް އަކީ ޓްރާންސްޖެންޑަރ ފިކުރާއި ދެކޮޅު މީހެކެވެ.

ޗާލީ ކަރކް މަރައިލި ކަމަށް ބެލެވޭ މީހާގެ ދައުރުވާ ފޮޓޯ. / ސޯޝަލްމީޑިއާ

އިސްރާއީލަށް ތާއީދުކުރާ މަޝްހޫރު އެކްޓިވިސްޓް އަދި "ޓާނިން ޕޮއިންޓް ޔޫއެސްއޭ"ގެ ވެރިޔާގެ ޖަނާޒާ އޮންނާނީ ވަރަށް ޢިއްޒަތުގައި އޭނާގެ ވަޒަން ކަމަށްވާ އެރިޒޯނާގައި ކަމަށާއި އެ ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ އިތުރުން ޖޭމްސް ޑޭވިޑް ވާންސް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%