Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

About UsPrivacy PolicyEditorial PolicyAdvertiseTerms

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގައުމީ ބެޑްމިންޓަން ސްކޮޑް ފައިނަލް ކޮށްފި

ގައުމީ ބެޑްމިންޓަން ސްކޮޑް ފައިނަލް ކޮށްފި

އައިޝަތު އީމާން
289 ދުވަސް ކުރިން - 16 އޯގަސްޓް 2025 21:24
ރިވައިވަލްގެ ބައެއް ކުޅުންތެރިން: ގައުމީ ބެޑްމިންޓަން ފައިނަލް ސްކޮޑަށް ހޮވުނު 12 ކުޅުންތެރިންގެ ތެރެއިން 8 ކުޅުންތެރިންނަކީ ރިވައިވަލް ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން. / ފޮޓޯ: ރިވައިވަލް ސްޕޯޓްސް ކްލަބް
ރިވައިވަލްގެ ބައެއް ކުޅުންތެރިން: ގައުމީ ބެޑްމިންޓަން ފައިނަލް ސްކޮޑަށް ހޮވުނު 12 ކުޅުންތެރިންގެ ތެރެއިން 8 ކުޅުންތެރިންނަކީ ރިވައިވަލް ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން. / ފޮޓޯ: ރިވައިވަލް ސްޕޯޓްސް ކްލަބް
ޚުލާސާ

ރިވައިވަލްގެ ގިނަ ކުޅުންތެރިން ހިމެނޭހެން ރާއްޖޭގެ ބެޑްމިންޓަން ގައުމީ ސްކޮޑް ފައިނަލްކުރިއިރު އުއްމީދަކީ އޮކްޓޯބަރުގެ ކުރިން ބީޑަބްލިއުއެފްގެ ނިންމުން ބާތިލްކޮށް އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖެއަށް ފުރުސަތުލިބުން.

ރާއްޖޭގެ ގައުމީ ބެޑްމިންޓަން ސްކޮޑް ފައިނަލް ކޮށްފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަން ވަގުތީގޮތުން ހިންގަމުން އަންނަ އެޑްހޮކް ކޮމިޓީގެ ބެލުމުގެ ދަށުން ގައުމީ ބެޑްމިންޓަން ސްކޮޑް ފައިނަލްކޮށްފައި ވަނީ މި މަހުގެ 11 އިން 13 އަށް ބޭއްވި ޓްރައިއަލްސް އަށް ފަހު އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން 50 އަށް ވުރެ ގިނަ އެތުލީޓުން ވާދަކޮށްފައިވާއިރު އެންމެ ގިނަ ކުޅުންތެރިން ހޮވާފައި ވަނީ ރިވައިވަލް ސްޕޯޓްސް ކްލަބުންނެވެ.

ފައިނަލް ސްކޮޑަށް ނެގި 16 ކުޅުންގެ ތެރެއިން އަށް ކުޅުންތެރިންނަކީ ރިވައިވަލް ގެ ކުޅުންތެރިން ކަމަށް އެޑްހޮކް ކޮމިޓީން މައުލޫމާތު ދެއްވައެވެ.

Advertisement

Advertisement

އެގޮތުން ގައުމީ ފިރިހެން ސްކޮޑަށް ހޮވުނީ ރިވައިވަލްގެ ހައިޝަމް އިބްރާހިމް، ޒަޔާން ޒަކީ، ނިބާލް އަހުމަދު، ހަސަން ޒަޔާން މުހައްމަދު އަދި އާދަމް މަހީން މުހައްމަދުގެ އިތުރުން ނައިފަރު ބެޑްމިންޓަން އެކަޑަމީގެ އިބްރާހިމް ނާޝިތު ހަމްދީ ހިމެނެއެވެ. ނާޝިތަކީ އޮކްޓޫބަރުގައި ބަހުރެއިންގައި އޮންނަ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ ސްކޮޑަށްވެސް ހޮވިފައިވާ ކުޅުންތެރިއެކެވެ.

އަންހެން ސްކޮޑަށް ހޮވުނު ކުޅުންތެރިންނަކީ ރިވައިވަލްގެ ފާތިމަތު ނަބާހާ، އައިމިނަތު ނަބީހާ، އައިޝަތު އާލިޝާ މޫސާ، އަރުތަ ޕްރޮގްރާމުގެ ދަށުން ތަމްރީނުވަމުން އަންނަ 12 އަހަރުގެ ލައިބާ އަހުމަދު މަހުލޫފް، ޝުބާ މުހައްމަދު ޝަރީފް އަދި ޔަލްވީ ހުސެއިން ޒުހުރީއެވެ.

މި އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖޭގެ ޓީމު ސަސްޕެންޑްކޮށްފައިވާތީ ގައުމީ ބެޑްމިންޓަން އެސޯސިއޭޝަނަށް ބައިނަލްއަގްވާމީ ގޮންޖެހުމެއް ކުރިމަތިވެފައި ވިޔަސް، އުއްމީދު ކުރަނީ އޭޝިއަން ޔޫތު ގޭމްސްގައި ގައުމީ ސްކޮޑަށް ވާދަކުރެވޭނެ ގޮތަށް އޮކްޓޯބަރުގެ ކުރިން ބީޑަބްލިޔުއެފްގެ ނިންމުން ބާތިލްކުރާނެ ކަމަށެވެ.

ބެޑްމިންޓަން

ގުޅޭ ޚަބަރުތައް

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

2 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

5 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

12 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

13 ގަޑިއިރު ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

14 ގަޑިއިރު ކުރިން - 11:51

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

15 ގަޑިއިރު ކުރިން - 10:21

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%