އެމެރިކާގެ އެފް-35 ފައިޓަރ ޖެޓެއް އިއްޔެ ވެއްޓިއްޖެއެވެ.
ކެލިފޯނިއާގައި މި ޖެޓް ވެއްޓުނީ ތަމްރީނުތަކެއްގައި އުޅެނިކޮށް ކަމަށާއި އެ ވަގުތު އޭގައި ހުރީ ޕައިލެޓް އެކަނި ކަމަށް ޚަބަރުތައް ބުނެއެވެ.
135 މިލިއަން ޑޮލަރުގެ މި މަތިންދާބޯޓު ވެއްޓުނު ހާދިސާގައި އޭގައި ހުރި ޕައިލެޓް ސަލާމަތްވި އިރު ތަޙުޤީޤުކުރާ ފަރާތްތަކާއި ޙަވާލާދީ އެމެރިކާގެ ޚަބަރުތައް ބުނާ ގޮތުގައި މި ހަނގުރާމަމަތީ ޖެޓް ވެއްޓެން ދިމާވީ ސޮފްޓްވެއާ މައްސަލައެއް ދިމާވެގެންނެވެ.
އެފް-35 ފައިޓަރ ޖެޓް ތައާރަފްކުރި ފަހުން އެމެރިކާގައި، 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް މަދުވެގެން 10 ފަހަރު މިފަދަ ހާދިސާ ތައް ދިމާވެފައި ވެއެވެ.
ހަނގުރާމަތަކުގައި އެންމެ ޤާބިލް މި ޖެޓްތައް އޮޕަރޭޓް ކުރަނީ އެމެރިކާގެ ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިންނާއި މެރިން ކޯޕަސް އިންނެވެ.