ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)، ބީޗް ވޮލީބޯލް ޗެލެންޖު ކަޕުގެ ދެވަނަ ދުވަހު ކުޅުނު މެޗުތަކުން މޮޅުވެ ރާއްޖޭގެ ތިން ޕެއާއެއް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސެމީ ފައިނަލަށް ދަތުރުކުރި ޕެއާތައް:
- އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ
- މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާ
- އާމިނަތު އަރީޝާ (އަރީ) އާއި ފާތިމަތު ޒީނިޔާ (ޒީ)ގެ ޕެއާ
ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއިން ސެމީ ފައިނަލަށް ދިޔައީ ނޭޕާލްގެ ޓަންޑިން އާއި ސުނަމްގެ ޕެއާ އާ ދެކޮޅަށް ކުޅުނު މެޗާއި, ތަޖިކިސްތާންގެ ފިރޫޒް އާއި ޒުރަބްގެ މެޗު ކާމިޔާބު ކޮށްގެންނެވެ. ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އަކީ އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަނުންނެވެ.
ޑެންޒޯ އާއި ކޯކޭގެ ޕެއާ އިން ސެމީގެ ޖާގަ ކަށަވަރުކުރީ ތަޖިކިސްތާންގެ އިސްމާއިލްވީ އާއި ރައިމްގެ ޕެއާ އާ ދެކޮޅަށް ކުޅުނު މެޗާއި ބޫޓާންގެ ޑުރުކްޕާ އާއި ޖާމީ އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްގެންނެވެ.
ޒީނިއާ އާއި އަރީޝާގެ ޕެއާ ސެމީއަށް ދަތުރުކުރީ ބޫޓާންގެ ޕެމާ އާއި ރިންޗެންގެ ޕެއާ އަދި ނޭޕާލްގެ ކިންގްޒަމް އާއި ޒަންގްމޯގެ ޕެއާ ބަލިކޮށްގެންނެވެ.



