ގުދުސްގެ ކުރީގެ ބޮޑު މުފްތީ އަދި މިހާރުގެ ސުޕްރީމް އިސްލާމީ ކައުންސިލްގެ ވެރިޔާ ޝެއިޚް އެކްރިމާ ސަބްރީ، 85، (ވ) އަދި ޚުލާސާގެ ލިޔުންތެރިޔާ އުސްތާޛް އަލީ އާދަމް (ކ)އާއެކު، 2012]
ގުދުސްގެ ކުރީގެ ބޮޑު މުފްތީ އަދި މިހާރުގެ ސުޕްރީމް އިސްލާމީ ކައުންސިލްގެ ވެރިޔާ ޝެއިޚް އެކްރިމާ ސަބްރީ، 85، ހައްޔަރު ކޮށްފި އެވެ.
މުފްތީ ހައްޔަރުކުރީ ހިފާފައިވާ އިރުމަތީ ގުދުސް މިސްކިތުގައި ދެއްވި ދަރުސްގައި ހަނިއްޔާ އަކީ "ޝަހީދެއް" ކަމަށާ، މިފަހުން ފަލަސްތީނުގެ މީހަކު ޔަހޫދީން ތަކަށް ދިން ހަމަލާއަށް ތާއީދު ކުރުމުންނެވެ.
ސަބްރީގެ މައްޗަށް ކުރަނީ ޓެރެރިޒަމްގެ ދައުވާއެވެ. އިސްރާއީލު ސަރުކާރުން ސަބްރީގެ ނަން ހާމަ ނުކޮށް ނެރުއްވި ބަޔާނެއްގައި ވަނީ އަގްސާ މިސްކިތުގައި ޓެރަރިޒަމަށް ބާރުއެޅި މީހަކު ހައްޔަރު ކޮށްފައިވާކަމަށާއި، އޭނާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



