އެމީހެއްގެ ދާއިރާ ތަމްސީލުކުރަން ރައްޔިތުންގެ މަޖިލީހުގައި އެންމެ ރަނގަޅު މަސައްކަތެއް ކޮށްދޭނެ ކަމަށް ފެންނަ މީހަކަށް ވޯޓު ދިނުމަށާއި އަދި ފައިސާގައި ނުޖެހުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ރައީސް ފުވާދު ތައުފީގު މިއަދު އެދިވަޑައިގެންފިއެވެ.މަޖިލިސް އިންތިހާބު 2024ގެ ވޯޓުލުން މުޅި ރާއްޖޭގައި މިހާރު ފެށިގެން ކުރިއަށް އެބަދެ އެވެ. ދެންމެ އީސީން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ތެެެރެއިން %8.68 މީހުން ފުރަތަމަ އެއް ގަޑިއިރުގެ ތެރޭގައި ވޯޓުލައިފިއެވެ.ވީހާވެސް އަވަހަށް ވޯޓުލާން ދިއުމަށާއި ވޯޓުގެ ހައްގު އަދާކުރަން އިލްތިމާސްކުރައްވާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ފުވާދު ވިދާޅުވީ ވޯޓަކީ ވަރަށް މުހިންމު ޒިންމާއެއްގެ އިތުރުން ގައުމީ ވާޖިބެއް ވެސް ކަމަށެވެ. ވޯޓުލުމުގެ ހައްގަކީ އިޖުތިމާއީ ވެސް ޒިންމާއެއް ކަން ފާހަގަކުރައްވާ ފުވާދު ވިދާޅުވީ އެ ޒިންމާ އަދާކުރަން ޖެހޭނީ މިނިވަންކަމާ އެކު ކަމަށެވެ. އަދި އެ ހައްގު އަދާކުރުމުގެ ބަދަލުގައި ލިބޭނެ ފައިސާއެއްގައި ނުޖެހުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ."އެމީހެއްގެ ފަރާތުން އެމީހަކު ދެކޭ ގޮތުގައި އެމީހެއްގެ އަޑު މަޖިލިސްގެ ތަޅުމުގައި އުފުލަން އެންމެ އެކަށީގެންވާ، އެންމެ ގާބިލު ކަމަށް ދެކެވަޑައިގަންނަވާ މީހަކަށް ވޯޓު ލެއްވީމައި ހުންނާނީ ރަނގަަޅަށް،" ފުވާދު ވިދާޅުވި އެވެ."އެއްގޮތަކަށް ވެސް މީހަކު ދޭ ފައިސާއެއްގައި ނުވަތަ ހަދިޔާއެއްގައި ނުހިއްޕެވުމަކީ ވަރަށް މުހިންމު ކަމެއް. މިއަދު ކޮންމެ މީހަކީ ވެސް މިނިވަނެއްގެ ގޮތުގައި ހުރެގެން ވޯޓުލެއްވުމަކީ ހަމަ ވަރަށް މުހިންމު ކަމެއް. އެހެންވީމާ ވޯޓުލެއްވުމުގެ ވާޖިބު އަދާކުރައްވާށޭ އަޅުގަނޑު ދަންނަވާނީ." ވޯޓުޗލާން ދިއުމުގެ ކުރިން ކޮންމެ މީހަކު ވެސް އެމީހަކު ވޯޓުލާން ޖެހޭ ތަން ރަނގަޅަށް ޔަގީންކުރަން ވެސް އިލްތިމާސްކުރެއްވި އެވެ.ވޯޓު ލާން ޖެހޭ ތަން ބެލުމަކީ މިހާރު ވަރަށް ފަސޭހަ ކަމެކެވެ.ފުވާދު ވިދާޅުވީ: VR އައިޑީ ކާޑު ނަންބަރު ޖަހާފައި 1414 އަށް ފޮނުވުމުން އެމީހަކު ވޯޓުލާން ދާން ޖެހޭ ތަން މެސެޖަކުން ލިބޭނެ ކުރީ ފަހަރު ވޯޓުލީ ތަނަށް މިފަހަރު ގޮސްގެން އެތަނުގައި ވޯޓުލެވޭ ގޮތް ނުވެދާނެ ވޯޓު ފޮށިތައް ހުރި ތަންތަން މިފަހަރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައިމޫސުމަށް ބަލައި، ވޯޓުލުމުގައި ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ވޯޓުލުމުގެ ވަގުތު މިފަހަރު ވަނީ 5:30އަށް އިތުރުކޮށްފަ އެވެ. ނަމަވެސް ވޯޓުލާ ވަގުތު އެއަށް ވުރެ ދެން އިތުރު ނުކުރާނެ ކަމަށް ވެސް އީސީން ބުނެ އެވެ.








