ހަމާސްގެ ޕޮލިޓިކަލް ލީޑަރު އިސްމާއީލް ހަނިއްޔާ ފަސްދާނު ލުމަށްޓަކައި ތެހެރާނުން ޤަތަރުގެ ވެރިރަށް ދޯހާއަށް ގެނެސްފި އެވެ.
މިއަދުގެ ހުކުރު ނަމާދަށްފަހު ފަސްދާނުލުން އޮންނައިރު ޢަރަބި ގިނަ ޢަދަދެއްގެ އިސް ވެރިން ބައިވެރިވާނެއެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުގައި ހަނިއްޔާ އަވަހާރަ ކޮށްލީ އޭނާ ދިރިއުޅުއްވި ގެކޮޅުގައި ގޮވާ އެއްޗެއް ސިއްރުން ޕްލާންޓު ކުރުމަށް ފަހުގައެވެ. އަދި ހަނިއްޔާ އެތަނުގައި ހުރިކަން އެނގުމުން ރިމޯޓުން އޭތި ގޮއްވާލައިގެންނެވެ. އެތަނަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ބެލުމުގެ ދަށުގައި ހުންނަ ތަނެކެވެ. ގޮވާ އެތި ޕްލާންޓު ކުރީ މީގެ ދެމަސް ކުރިން ކަމަށް އީރާނުގެ ބައެއް މީސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
މި ގޮވުމުގެ ބާރު ގަދަކަމުން އެ އިމާރާތް އެކީ އެކަށް ތެޅިގަތެވެ. ބައެއް ކުޑަދޮރު ތަކުގެ ބިއްލޫރިތައް ފުނޑުފުނޑުވިއިރު އިމާރާތުގެ ފާރެއްވެސް ވެއްޓުނެވެ.

އީރާނުގެ ބައެއް މަސްދަރުތަކާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުގައި މިސައިލެއްވެސް އެތަނަށް ފޮނުވި ކަމަށް ވެއެވެ. ނަމަވެސް އީރާނުގެ ކަމާބެހޭ ފަރާތްތަކުން މިކަމާމެދު އެއްޗެއް ވިދާޅެއް ނުވެއެވެ.



