ކޯލްޑްޕްލޭ ކޮންސަޓެއްގައި ކުންފުންޏެއްގެ ސީއީއޯ އޭނާގެ ވަގު ބިޓާއި އެއްކޮށް ހުޓާ ފަޅާއަރައިފި

އައިޝަތު ރުވާ ރިފްޢަތު | 32 ދުވަސް ކުރިން - 18 ޖުލައި 2025 22:12
އެސްޓްރޮނޮމާގެ ސީއީއޯ އާއި އެކުންފުނީގެ އެޗްއާރް ޗީފް--
އެސްޓްރޮނޮމާގެ ސީއީއޯ އާއި އެކުންފުނީގެ އެޗްއާރް ޗީފް--
ޚުލާސާ

ބައިރަންއަކީ މީހަކާއި އިނދެގެން އުޅޭ މީހަކަށްވެފައި، ވަގު ބިޓަކާއެކު ލައިވް ކެމެރާތަކަށް މޫނު އެރުވުމުން، އެ ދެމީހުންވެސް ވަނީ މޫނުގައި އަތް އަޅައި މޫނު ފޮރުވައިފައި.

އެމެރިކާގެ ބޮސްޓަންގައި ބޭއްވި ކޯލްޑްޕްލޭގެ ކޮންސަޓެއްގައި، ޓެކް ކުންފުންޏެއްގެ ސީއީއޯ އޭނާގެ ކުންފުނީގެ މުވައްޒަފަކާއެކު ގައިގޯޅިވާ މަންޒަރު ލައިވް ކެމެރާތަކަށް އަރައި، އެދެމީހުންގެ ވަގު ގުޅުން ފަޅާއަރައިފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ (ޖުލައި 16) ބޮސްޓަން ކައިރީގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބޭއްވި ކޯލްޑްޕްލޭގެ "މިއުޒިކް އޮފް ދި ސްފިއާސް" ކޮންސަޓެއްގެ ތެރެއިން، ކިސް-ކެމް ނަމަކަށް ކިޔާ ލައިވް ކެމެރާއަށް އެސްޓްރޮނޯމާ ކިޔާ ޓެކް ޕްލެޓްފޯމެއްގެ ސީއީއޯ އެންޑީ ބައިރަންއާއި، އޭނާގެ ކުންފުނީގެ އެޗްއާރު ޗީފް ކްރިސްޓިން ކެބޮޓްގެ ގުޅުން އެންމެނަށް ހާމަވެ ހަގީގަތް ވަނީ ފަޅާއަރާފަ އެވެ. ބައިރަންއަކީ މީހަކާއި އިނދެގެން އުޅޭ މީހަކަށްވެފައި، ވަގު ބިޓަކާއެކު ލައިވް ކެމެރާތަކަށް މޫނު އެރުވުމުން، އެ ދެމީހުންވެސް ވަނީ މޫނުގައި އަތް އަޅައި މޫނު ފޮރުވައި އެހެން ދިމާލަކަށް އަނބުރަން މަސައްކަތްކޮށްފައެވެ. އަދި ވަގުތުން ބައިރަން އެތަނުން ނުކުމެގެން ދިޔައީ އެވެ.

މި ހާދިސާއާ ގުޅިގެން ކޯލްޑްޕްލޭގެ ލީޑް ލަވަކިޔުންތެރިޔާ ކްރިސް މާޓިން ވަނީ މަޖާ މިޖާޒެއްގައި ކޮމެންޓުކޮށްފަ އެވެ. "މި ދެމީހުންނަށް ބަލާ،" އަދި އޭނާ އިތުރަށް ބުންޏެވެ "މި ދެމީހުން ނަހަމަ ގުޅުމެއްގައި އުޅެނީ ކަންނޭގެ ނޫނީ ވަރަށް ކެމެރާ ޝައި ބެއެއް."

އެސްޓްރޮނޯމާ ކުންފުނީގެ އަގު 1.3 ބިލިއަން ޑޮލަރު (1.1 ބިލިއަން ޔޫރޯ) އަށް ވުރެ މައްޗަށް އަރާކަމަށް ރިޕޯޓްތައް ހާމަކުރެެ އެވެ. އެންޑީ ބައިރަން 2023 ވަނަ އަހަރުން ފެށިގެން މި ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުރިއިރު، ކްރިސްޓިން ކެބޮޓް އެ ކުންފުނީގެ ޗީފް ޕީޕަލް އޮފިސަރުގެ މަގާމާ ހަވާލުވެފައިވަނީ ނުވަ މަސް ދުވަސް ކުރިންނެވެ. މި ވީޑިއޯ ވައިރަލްވުމާއެކު މި ދެ މީހުންގެ ގުޅުމާ ބެހޭ ގޮތުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%