އިދިކޮޅު މައި ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ ދާއިރާތަކުގެ ބައި-އިލެކްޝަން މާދަމާ ބޭއްވުމަށް އެ ޕާޓީން ތައްޔާރުވެއްޖެއެވެ.
މި ބައި އިލެކްޝަނަކީ މިދިޔަ އަހަރު ތެރޭ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއަށް ސޮއިކުރުމުން ގައުމީ މަޖިލީހުން ހުސްވެފައިވާ ގޮނޑިތަކަށާއި ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިމެނޭ އާ ހަ ދާއިރާގެ ރައީސުންނާއި ނައިބު ރައީސުން އިންތިހާބު ކުރުމަށް ބާއްވާ އިންތިޚާބެކެވެ.
މި އިންތިޚާބުގައި 10،687 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދާއިރާތަކުން 5,933 މީހުންނާއި އެހެން ދާއިރާތަކުން 4,754 މީހުންނެވެ.
ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 2:30 އިން ރޭގަނޑު 9 އަށެވެ.
އަށް ދާއިރާއެއްގެ 25 ރަށެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު މާލޭގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހިރިޔާ އަދި ތާޖުއްދީން ސްކޫލްގައެވެ. އެގޮތުން މާލޭގައި 20 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.



