މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޖަލު އޮފިސަރުން ހޯދަން އިއުލާނުކޮށްފިއެވެ.
ކަރެކްޝަނުން ބުނީ އެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި މުސާރައިގެ ގޮތުގައި 15,072 ރުފިޔާ ލިބޭނެ ކަމަށެވެ. ވަޒީފާއަށް ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓް 28 އެވެ.
ކަރެކްޝަނުން ބުނީ މަސައްކަތް ކުރަން ޖެހޭނީ މާފުށީ ޖަލާއި އައްސޭރި ޖަލާއި ހުޅުމާލެ ޖަލުގައި ކަމަށެވެ.
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭނެ ޝަރުތުތަކަކީ:
• މަސައްކަތް ކުރުމުގެ ހުނަރާއި ގާބިލްކަން
• ދިވެއްސަކަށްވުން
• ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު
• އެ ފެންވަތުގެ ވޮކޭޝަނަލް ސެޓްފިކެޓެއް
• އުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ މީހަކަށްވުން
• ރަނގަޅު ސިއްހަތެއްގައި ހުރުން
• ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން
• މަނާ މަސްތުވާއެއްޗަކުން އެެކަހެރިވުމަށް ފަރުވާ ހޯދާފައިވާ މީހަކަށް ނުވުން
ކަރެކްޝަނުން ބުނީ ވަޒީފާއަށް މީހުން ހޮވުމުގައި ހަށިހެޔޮކަން ދެނެގަތުމަށް ދޭ ފިޒިކަލް ފިޓްނަސްއާއި ފެތުމުގެ ޓެސްޓުން ފާސްވާ މީހުންނަށް އިސްކަން ދެވޭނެ ކަމަށެވެ.
މީގެ އިތުރުން މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއު އާއި ބެކްގްރަންޓް އެސެސްޓަމްޓުން ފާސްވާ މީހުންނަށް އިސްކަން ދެވޭނެ ކަމަށް ކަރެކްޝަނުން ބުންޏެވެ.



