ފަލަސްތީނުގެ މަޝްހޫރު ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަނީ އިސްރާއީލުގެ ފަރާތުން ބަދަލު ހިފާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ހަނިއްޔާ މަރުވެފައިވަނީ އިސްރާއީލުން ދިން ހަމަލާއެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ހަމަލާ ދީފައިވަނީ ގަތަރުގައި ހުންނެވުމަށްފަހު އީރާނުގެ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް ތެހެރާނުގައި ބޮޑީގާޑާއެކު ހުއްޓައެވެ.
ޚާމަނާއީ ވިދާޅުވީ ހަނިއްޔާ އަށް ހަމަލާ ދިނީ މީގެ އެތައް އަހަރެއްކުރިން ޝަހީދުކޮށްލާނެ ކަމަށް ތައްޔާޜުވެގެން ހުއްޓައެވެ. މީގެ ކުރިން އޭނާގެ ކާފަދަރިންނާއި އާއިލާގެ އިތުރު މެމްބަރުންތައް ޝަހީދުކޮށްލާފައިވާއިރު ސީދ ހަނިއްޔާ ޝަހީދު ކޮށްލާނެ ކަމަށް އަބަދުވެސް އިންޒާރު ލިބެއެވެ.
އީރާނުން ބަދަލު ހިފާނެ ކަމަށް ބުނާއިރު އެގައުމުގެ ތެރޭގައި މިހާރު ވަނީ ސަލާމަތީ ގޮތުން ބޮޑެތި ޝައްކުތައް އުފެދިފައެވެ. އިބްރާހީމް ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއާއި، ހަނިއްޔާ އަވަހާރަކޮށްލުން ފަދަ ކަންތަކަކީ އެކަންކަމުގައި ބޮޑު ސުވާލުތައް އުފެދޭ ކަންތަކެވެ.
އީރާނުން މިހާތަނަށް އިސްރާއީލަށް ބަހުގެ ހަމަލާތައް ފޮނުވަމުންދާއިރު މިފަހަރު ފާޅުގައި ދިން މި އިންޒާރުން އެ ސަރަހައްދުގައި ވަނީ ފުޅާ ދާއިރާގެ ކަންބޮޑުވުންތައް އުފެދިފައެވެ.
މި މައްސަލަ ފިނިކުރުމަށް ސައޫދީ އާއި އެމެރިކާ އަދި އިސްރާއީލު ގުޅިގެން މަސައްކަތް ކުރުމަށް ކޯލިޝަނެއް ހަދަން އުޅޭ ކަމަށްވެސް ނުރަސްމީ ބައެއް ހަބަރުތައް ބުނެއެވެ.



