ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓު ކައިރީ ސައިކަލަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހަކަށް މިހާރު އަންނަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު މެންދުރުކަމަށާއި މި ހާދިސާގައި ސައިކަލެއްގައި އިން ފިރިހެނަކަށް އަނިޔާ ވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މި އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓު ވެފައިވަނީ ރަތް ކުލައިގެ ކާރެއް ކޮންޓްރޯލް ނުވެގެންނެވެ.



