ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް މުބާރާތުގެ ޓެނިސް ޑަބަލްސް އިވެންޓުގައި ވާދަކުރާ ސްޕެއިންގެ އެއް ނަމްބަރު ޕެއާ އަކީ އަލްކަރާޒް އާއި ނަޑާލްގެ ޕެއާ އެވެ. ދުވަނަ ބުރުގެ ފުރަތަމަ ސެޓު ނަޑާލް އާއި އަލްކަރާޒް ކާމިޔާބު ކުރީ 6-4 އިންނެވެ. ނަމަވެސް މެޗުގެ ދެވަނަ ސެޓުގައި ނެދެލެންޑްސްގެ ޕެއާއިން ވަނީ ކުޅުން ރަނގަޅުކޮށް 7-6 އިން މި ސެޓު ކާމިޔާބު ކޮއްފައެވެ. ނަޑާލް އާއި އަލްކަރާޒް މެޗު ކާމިޔާބު ކުރީ ސުޕަ ޓައިބްރޭކްގައި 10-2 އިން މޮޅުވެގެންނެވެ.

ކުއާޓާ ފައިނަލުގައި ނަޑާލް އާއި އަލްކަރާޒް ވާދަ ކުރާނީ އެމެރިކާގެ ޕެއާ ރަޖީވް ރަމް އަދި އަޮސްޓިން ކްރަޖިސެކް އާއި ދެކޮޅަށެވެ. އެމެރިކާގެ ޕެއާ ކުއާޓާ ފައިނެލަށް ދަތުރު ކުރީ ސީދާ ދު ސެޓުން މެޗު ކާމިޔާބެ ކޮށްގެނެވެ.

ނަޑާލް އާއި އަލްކަރާޒްގެ ޕެއާ އިން ފުރަތަމަ މެޗުގައި ނުކުތީ އާޖެންޓީނާގެ އަންދަރޭސް މޮލްޓެނީ އާއި މެކްސިމޯ ގޮންޒާލޭޒްގެ ޕެއާ އާ ދެކޮޅަށެވެ. މި މެޗު އަލްކަރާޒް އާއި ނަޑާލްގެ ޕެއާ އިން ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ. މެޗުގެ ގޭމުތައް ދިޔައީ, 7-6, (7-4) އަދި 6-4 އިންނެވެ.