މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާތަނަށް ބައިލައްކައެއްހާ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8 އިން ހަވީރު 5:30 އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފުރަތަމަ ދެ ގަޑިއިރުގެ ތެރޭގައި 47،296 މީހުން ވޯޓުލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 17،885 އަންހެނުން
  • 29،411 ފިރިހެނުން

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 284،663 މީހުންނެވެ. އެހެންކަމުން މިހާތަނަށް ވޯޓުލާފައިވަނީ، ހައްގު ލިބިގެންވާ މީހުންގެ ތެރެއިން %16.6 މީހުންނެވެ.