Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖުޑިޝަރީ ހިމާޔަތް ކުރުން

ޖުޑިޝަރީ ހިމާޔަތް ކުރުން

އުސްތާޛް މުޙައްމަދު ޢަލީ
766 ދުވަސް ކުރިން - 31 ޖުލައި 2024 13:16
ޖުޑިޝަރީ ހިމާޔަތް ކުރުން
ޚުލާސާ

ރާއްޖޭގެ ޝަރުއީ ނިޒާމަކީ ސިޔާސީ ގޮތުން ދެބަސްވުން ބޮޑު ނިޒާމަކަށް ވާއިރު، ފަނޑިޔާރުންގެ އަތުގައި ގާނޫނީ އަދި ޝަރީއަތުގެ ޢިލްމު ވެސް ހުރިކަން ކަށަވަރުކޮށްދޭން ޖެހެއެވެ. ޖުޑިޝަރީ ހިމާޔަތް ކުރެވޭނީ އޭރުންނެވެ. ހަރުދަނާ ކޯޓުތަކުގެ ޤާނޫނަކީ ޖުޑިޝަރީއާއި ވެރިކަމުގެ އިޙްތިރާމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ސްޕްރީމް ކޯޓަށާއި ހައިކޯޓަށް އަދި ދަށުކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި މާޒީގައި ފެނިގެންދިޔަ ސިޔަތަކީ ޝަރިޢާ ކިޔަވައިގެން ތިއްބެވި ފަނޑިޔާރުން ވީވަރަކުން ބޭރުކުރުމެވެ. މިވާހަކަ ދެކެވެން ފެށީ ރައީސް ނަޝީދުގެ ވެރިކަމުގައި ރޭޑިޔޯ އަށް ދެއްވި އިންޓަވިޔު އެއްގައި ރާއްޖޭގެ ޝަރްޢީ ނިޒާމު ރަނގަޅު ނުވެގެން އުޅެނީ ، ޢަރަބި ޤައުމުތަކުން ކިޔަވައިގެން ތިއްބެވި އިސްލާމީ ޝަރިޢާ ދަންނަ ފަނޑިޔާރުން ތިއްބަވާތީ ކަމަށް ވިދާޅުވި ހިސާބުންނެވެ.

އަދި މިވާހަކައަށް ބާރު ލިބިދޭ ގޮތަށް އެހެން މަހައްލެއްގައި ވެސް ނަޝީދު ވާހަކަ ދައްކަވަމުން ރާއްޖޭގެ ކޯޓުތަކުގައި ކޮންމެވެސް ވަރަކަށް ހައްދުފަހަނައެޅި ވިސްނުން ގެންގުޅުއްވާ ފަނޑިޔާރުން އަދި ވެސް ތިއްބެވިކަމަށް ވެސް ވިދާޅުވި އެވެ. މިކަމަށް ބާރުދޭ އަނެއް ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ނަޝީދު ވަޑައިގެން ޖުޑީޝަލް ސަރވިސްގެ މެންބަރެއްގެ ގޮތުގައި އިންނަވައިގެން ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލަ ހުށަހެޅުމުން ފަނޑިޔާރުގެ ޢަބުރު ކަތިލުމަށް ކުރެވުނު ކަމެއްގޮތުގައި ސުލޫކީ މައްސަލަ ހުށަހެޅުމާއެކު ނޫސްބަޔާންތައް ނެރެމުންދިޔަ ގޮތެވެ. އެކަން ކުރެއްވީ ސީދާ ފަނޑިޔާރަށް ވީހާ ގިނަ ބައެއްގެ ހިތުގައި ނަފްރަތު އުފެއްދުމާއި ފަޟީޙަތް ކުރުމުގެ ސިޔާސަތެއްގެ ތެރެއިން ކަމަށް އޭރުވެސް މިހާރު ވެސް ގިނަބަޔަކު ފާހަގަ ކުރެއެވެ. އަނެއްކަމަކަށް ފަހަގަވީ ނަޝީދު ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ހުރިހާ ފަނޑިޔާރު ގެއަކަށް މެސެޖެއްގައި އިސްތިޢްފާ ދެއްވައިފި ފަނޑިޔާރަކަށް 500000 (ފަސްލައްކަ ރުފިޔާ) ގެ ޕެކޭޖެއް ދެއްވާގޮތަށް ހަމަޖައްސަވާ އެކަން ފިނޭންސް މިނިސްޓްރީއަށް އަންގަވާފައި ވާނެކަމަށް އެންގެވުމެވެ.

Advertisement

Advertisement 1

އެމެސެޖާއި ގުޅިގެން އޭރު އެއްވެސް ފަނޑިޔާރަކު އިސްތިއުފާ ދެއްވާފައި ނުވި ނަމަވެސް ނަޝީދުގެ ވެރިކަން ބަދަލުވީ ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގެ ފަނޑިޔާރުން ވަކިކުރުމަށް ފަހު ވަކިކުރެވުނު ފަނޑިޔާރުންގެ ތެރެއިން އެމް.ޑީ.ޕީ. ބޭނުންވާ ފަނޑިޔާރުން އަލުން ނެގުމަށް ނިންމަވާފައި ވަނިކޮށް ކަމަށްވެއެވެ. މިކަމުގެ ކަންބޮޑުވުން ނަޝީދުގެ ސަރުކާރުގެ ނާއިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން ހިއްސާ ކުރެއްވިކަން ޑރ.ވަޙީދު ގެ ޑައިރީ ފޮތުގެ ލިޔުއްވުންތަކުން އެނގެން އެބައޮތެވެ.

ކޮންމެއަކަސް ނަޝީދު ބޭނުންފުޅުވިހާ ގޮތަކަށް ފަނޑިޔާރުންނާއި މެދުގައި ކަންކަން ނުކުރެއްވި އުޅުއްވަނިކޮށް އެމަނިކުފާނުގެ ވެރިކަން ނިމިއްޖެއެވެ. އެއަށް ފަހު ރައީސް ޔާމީނުގެ ވެރިކަމަށް ފަހު އެމް.ޑީ.ޕީ. އަށް އަލުން ވެރިކަން ލިބުމާއެކު އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ބާރުތަކުން ބޮޑެތި ބާރުތަކެއް ނަޝީދު ހޯއްދެވިއެވެ. އެހޯއްދެވި ބާރުތަކުގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެޖޯރިޓީ އެމް.ޑީ.ޕީ. ނެގިއެވެ. އެއަށް ފަހު ދެން ފެނިގެން ގޮސްފައިވަނީ ، ސުލޫކީ މައްސަލަ ބެލުމުގެ ނަމުގައި ނަޝީދު ގެންގުޅުއްވި އެޖެންޑާ ފުރިހަމަ ކުރެއްވުމުގެ މަސައްކަތް އާހިތްވަރާއެކު ކުރިއަށް ގެންދެވިތަނެވެ. އެކަމުގައި އިސްކޮށް އާރުކާޓީންގޮތުގައި އިސްކުރައްވާފައި ތިއްބެވީ ކޮމިޝަނުގެ މެންބަރުންކަމުގައިވާ އޭރުގެ އެޓާރނީ ޖެނެރަލް ރިއްފަތާއި ޙިސާނު ޙުސައިނާއި ޢަބްދުލްމާނިޢް ޙުސައިނު ކަމަށްވެއެވެ.

މިބޭފުޅުންގެ މައިގަނޑު މަސައްކަތަކީ ޝަރްޢީ ދާއިރާ ގެ އިދާރީ ހިންގުމާއި ކޯޓުތަކުގެ ފަނޑިޔާރުންގެ މަސައްކަތްތައް އެމް.ޑީ.ޕީ.ގެ އެޖެންޑާ އާއި އެއްގޮތަށް ތަރުތީބުކުރުމެވެ. ޝަރުއީ ނިޒާމުގައި އެބޭފުުޅުން ގަބޫލުފުޅު ކުރައްވާ އިސްލާހު ގެނައުމަށެވެ. އެގޮތުން ކޯޓުތަކަށް ލާފައިވަނީ ލޯ ކިޔަވައި ޝަރީއާ ނުކިޔަވާ ތިބި މީހުންނެވެ. ލޯ އާއި ޝަރީޢާ މިއި ދެ އެއްޗެއްކަން މިތަނުގައި އަޅުގަނޑު ފާހަގަ ކޮށްލަމެވެ. ޚާއްޞަކޮށް މަތީ މަރުލާގެ ކޯޓުތަކަށް ހަމައެކަނި ލޯ ކިޔަވާ ވިދާޅުވެގެން ތިއްބެވި ނަމަވެސް ޝަރީޢާ ނުކިޔަވާ އެމް.ޑީ.ޕީ.ގެ ސިޔާސަތާ އެއްގޮތަށް ކަންކަން ކުރަން ފަސޭހަވާނެ އަދި ސެކިއުލާރ ވިސްނުމުގެ ފަނޑިޔާރުން ޢައްޔަނު ކުރެއްވުމަށް އިސްކަން ދިނުން ހިމެނިފައިފައި ވާކަމުގެ މަޢްލޫމާތު ޖޭ.އެސް.ސީ. ގެ ތެރެއިން އެދުވަސްވަރު ލިބިފައިވެއެވެ. އެހެން ނަމަވެސް މިހުރިހާ ކަމެއް ގޯހުން ގޯހަށް ގޮސް ޞާލިޙުގެ ވެރިކަމުގައި ކޮރަޕްޝަނާއި ދަރަނި ބޮޑުވެ ރާއްޖޭގެ މިނިވަންކަން ގެއްލެމުން ދަނިކޮށް ﷲ ގެ ރަޙްމަތުން ޕީ.އެން.ސީ.ގެ ވެރިކަމެއް ޤާއިމުވެ ޑރ.މުޢިއްޒު ގެ ރިޔާސީ ދައުރު ފެށުމާއެކު މިހާރު މިވަނީ ، ހުރިހާ ދިމާލަކުން ލިބުނު ގެއްލުންތަކަށް ފަރުވާ ދިނުމުގެ މަސައްކަތް ފެށިފައިކަން ފާހަގަކުރެވެއެވެ.

ކޯޓުތަކަށް ގެންނަންވީ ކޮން ބަދަލެއް؟

ކޯޓުތަކުގެ ޤާނޫނު އަލުން އިޞްލާޙު ކޮށް ، އެއިޞްލާޙުގައި ، ރާއްޖޭގެ ކޯޓުތަކުގައި ފަނޑިޔާރުން ގޮތުގައި މަސައްކަތްކުރާ ކޮންމެ މީހަކީ ރާއްޖޭގެ ކްލެޝިފިކޭޝަން ބޯޑުން ޤަބޫލުކުރާ އެންމެ ދަށްވެގެން ޝަރީޢާ އެންޑް ލޯ ޑިގްރީއެއް އޮންނަ މީހަކަށް ވާންވާނެއެވެ. ޖުޑިޝަރީ ހިމާޔަތް ކުރެވޭނީ އޭރުންނެވެ. އަދި ސްޕްރީމް ކޯޓާއި ހައިކޯޓަށް ޢައްޔަނުކުރާ މީހަކީ ރާއްޖޭގެ ކްލެފިކޭޝަން ބޯޑުން ޤަބޫލުކުރާ އެންމެ ދަށްވެގެން މާސްޓާޒު ސެޓްފިކެޓެއް އޮތް ފަރާތަކަށް ވާންވާނެއެވެ. ޖުޑިޝަރީ ހިމާޔަތް ކުރެވޭނީ އޭރުންނެވެ. މިގޮތަށް މާއްދާއެއް ނުވަތަ އަކުރެއް އިތުރު ކުރަންޖެހޭކަމަށް ގިނަބަޔަކުދެކޭކަން ފާހަގަކުރެވިފައިވެއެވެ.

ނިންމުން: 

 ރާއްޖޭގެ ޝަރުޢީ ނިޒާމަކީ، ޚާއްޞަކޮށް އައްޔަންކުރެވޭ ފަނޑިޔާރުންގެ ޝަރުޠުތަކާއި ފަހަތުގައިވާ ކަންކަމާ ގުޅޭގޮތުން ސިޔާސީ ގޮތުން ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ނިޒާމެކެވެ. ސެކިއުލަރ ތަމްރީނު ލިބިފައިވާ ފަނޑިޔާރުންނާއި ޝަރީޢަތުގައި ތަޢުލީމު ޙާޞިލުކޮށްފައިވާ ފަނޑިޔާރުންނަށް ތާއީދުކުރުމާ ދެމެދު ތާރީޚީ ސިޔާސަތުތައް އުފުލި އުފުލިފައިވާއިރު، މިއީ ސަރުކާރުގެ ތެރޭގައި ހިނގާ ފުޅާ ފިކުރީ ހަނގުރާމަތަކެވެ. އެހެންކަމުން ޝަރީޢާ ހިންގުމަށްޓަކައި ހަރުދަނާ ކޯޓުތަކުގެ ގާނޫނެއް އޮންނަން އެބަ ޖެހެއެވެ. އެ ގާނޫނުގައި ފަނޑިޔާރުންގެ އަތުގައި ގާނޫނީ އަދި ޝަރީއަތުގެ ފުރިހަމަ ޢިލްމު ހުރިކަން ކަށަވަރުކުރުމަކީ، މިއަށްވުރެ ބެލެންސް އަދި އިޙްތިރާމް ލިބިގެންވާ ޝަރުޢީ ނިޒާމެއް ކުރިއެރުވުމަށް ކުރެވިދާނެ ކަމެކެވެ. މި އުސޫލުގެ މަޤްޞަދަކީ ޝަރުޢީ ޤާބިލުކަމާއި ނަޒާހަތްތެރިކަން އިތުރުކޮށް، ޖުޑީޝަރީއާމެދު އާންމުންގެ އިތުބާރު އުފެއްދުމާއި، ރާއްޖޭގައި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމެވެ.

Advertisement
Advertisement

ގުޅޭ ޚަބަރުތައް

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%