ހުޅުމާލެ ފޭސް 2 ގައި ދިރާގުގެ ޕާޓްނާ ފިހާރައެއް ޤާއިމްކޮށްފިއެވެ.
ދިރާގުން ބުނީ ހުޅުމާލެ ދެވަނަ ފޭސްގެ ހިޔާ ފްލެޓުގައި ހުންނާ އޯއޭއެސް މޯލްޑިވްސް ފިހާރައާއެކު ޕާޓްނަޝިޕެއް ޤާއިމްކޮށް، އެ ކުންފުނީގެ ޚިދުމަތް އެ ފިހާރައިން ދޭން ފަށާފައިވާ ކަމަށެވެ.
ހިޔާ ފްލެޓްގެ 5 ވަނަ ޓަވަރުގައި ހުންނަ އޯއޭއެސް މޯލްޑިވްސް ފިހާރައިން ދިރާގުގެ ޕާޓްނާ ފިހާރަތަކުން ލިބެން ހުންނަ ހުރިހާ ޚިދުމަތްތަކެއް ލިބޭނެކަމަށް ދިރާގުން ބުންޏެވެ. އެގޮތުން ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ޚިދުމަތުގެ ބިލު ދެއްކުމާއި ޕްރީޕެއިޑާއި ޕޯސްޓްޕެއިޑާއި މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑު ގަތުމާއި ޕްރީޕެއިޑް ޕްލޭންތަކުގެ ރީޗާޖު ޚިދުމަތާއި ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަން ނެގުން ފަދަ ޚިދުމަތްތައް ލިބެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ އަލަށް މި ހެދުނު ޕާޓްނަޝިޕާއެކު ހުޅުމާލެ ދެވަނަ ފޭސްގައި ދިރިއުޅޭ ކަސްޓަމަރުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.



