އޮލިމްޕިކް އަންހެން ފުޓްބޯޅައިގެ ކުއާޓާ ފައިނަލަށް އެމެރިކާ އާއި ސްޕެއިން ދަތުރުކޮށްފިއެވެ.
މިހާރު ކުރިއަށްދާ އޮލިމްޕިކް އަންހެން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ އެމެރިކާ އިން ކަށަވަރުކުރީ ޖަރުމަނު އަތުން 4-1 އިން މޮޅުވެގެންނެވެ. އޮލިމްޕިކް އަންހެން ފުޓްބޯޅައިން ހަތަރު ފަހަރު ރަން މެޑަލް ހޯދި އެމެރިކާއިން ވަނީ ފުރަތަމަ ހާފުގައި ޖަރުމަނު ކޮޅަށް ތިން ލަނޑު ޖަހާފައެވެ.
މިފަހަރުގެ މުބާރާތުގައި އެންމެ ފަހުގެ އަންހެން ވޯލްޑް ކަޕް ޗެމްޕިއަން ސްޕެއިންއަށް ކުރިމަތިވީ ނައިޖީރިއާއާ ދެކޮޅަށް ވަރުގަދަ ގޮންޖެހުމަކާއެވެ. ހަނި ގޮތަކަށް 1-0ކުން މޮޅުވި މެޗުގައި ޖެހި ހަމައެކަނި ގޯލަކީ މިޑްފީލްޑަރު އެލެކްސިއާ ޕުޓެލާސްގެ ހިލޭ ޖެހުމަކުން ކާމިޔާބު ކުރެވުނު ގޯލެކެވެ.


