މ. ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ނުކުމެ އުޅެނިކޮށް ގެއްލުނު ދޯނި ހޯދަން އެމްއެންޑީއެފްގެ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ޑްރޯން ބޭނުންކުރަން ފަށައިފި އެވެ.

ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ނުކުތް "ފަރިހި 2" ނަމަކަށް ކިޔާ ޑައިވިން ދޯނި ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ ރޭ 10:06 ހާއިރު އެވެ. އަދި ފުލުހުން އެ މައުލޫމާތު އެމްއެންޑީއެފްއާ ހިއްސާކުރީ ރޭ 10:45 ހާއިރު އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރާ ހަވާލާދީ ބައެއް ނޫސްތަކުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދޯނި ހޯދުމަށް ކަނޑުމަގުން މަސައްކަތް ކުރަމުން އަންނައިރު، އެ މަސައްކަތުގައި މިހާރު ޔޫއޭވީ ވެސް އަންނަނީ ބޭނުން ކުރަމުންނެވެ.

އެމްއެންޑީއެފްގެ "އެއާ ކޯ" އިފްތިތާހުކޮށް ޔޫއޭވީ ބޭނުންކުރަން ފެށީ މިދިޔަ މާޗުގަ އެވެ.

ތުރުކީއިން ވަނީ ރާއްޖެއަށް ތިން ޔޫއޭވީ ޑްރޯން ހަދިޔާކޮށްފަ އެވެ.