މުބާރާތް ބާއްވާ ފުރާންސުގެ މައްޗަށް ފަހަތުން އަރައި 2-1އިން ހޯދި މޮޅާއެކުވެސް ކެނެޑާއަކަށް މިހާރު ކުރިއަށްދާ އޮލިމްޕިކް އަންހެން ފުޓްބޯޅަ މުބާރާތުން ޕްލަސް ޕޮއިންޓެއް ނުލިބުނެވެ. މެޗަށް ނުކުތްއިރު މައިނަސް 3 ޕޮއިންޓުގެ ފަރަގެއް އެޓީމަށް އޮތެވެ. އެއީ ފަރިތަކުރުންތަކުގައި ޑްރޯން ބޭނުން ކުރުމުގެ ސަބަބުން ހަ ޕޮއިންޓު އުނިކުރަން ފީފާއިން ނިންމުމުންނެވެ.
ނަމަވެސް ފަހު ދެމެޗުންވެސް މޮޅުވެފައިވާތީ މިހާރު ކެނެޑާއަށް ވަނީ ކުރިމަތިވި ދަތިތަކުން އަރައިގަނެ، ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދުމުގެ އުންމީދުތައް އާލާކޮށްފަ އެވެ.
ނަމަވެސް އަދިވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. އެއީ ކުރިޔަށް ދާން ބޭނުންނަމަ ގްރޫޕްގެ ފަހު މެޗުގައި ކޮލަމްބިއާ ބަލިކުރަން ޖެހުމެވެ. ކޮލަމްބިއާ ވަނީ ނިއުޒީލެންޑް އަތުން 2-0 އިން މޮޅުވެފަ އެވެ.


