މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މެލޭޝިއާ އެއާލައިންގެ ދަތުރުތައް އަންނަ ބުރާސްފަތި ދުވަހު އަލުން ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
މި އެއާލައިންގެ ދަތުރުތައް ހަފްތާގެ ކޮންމެ ދުވަހަކު އޮންނާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. މި ދަތުރުތައް ކުރުމުގައި ބޭނުންކުރާނީ ބޮއިންގ 737 ޑޭޝް 8 މަރުކާގެ 174 ސީޓުގެ ބޯޓެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެމްއޭސީއެލް އިން ބުނީ މެލޭޝިއާ އެއާލައިންގެ ފުރަތަމަ ފްލައިޓަށް މަރުޙަބާ ކިޔުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި، މޯލްޑިވްސް މާކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މެލޭޝިއާ އެއާލައިންސްގެ އިސް ބޭފުޅުން ބައިވެރިވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މެލޭޝިއާ އެއާލައިންސް އިން ރާއްޖެއަށް އެންމެ ފަހުން ދަތުރުކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އޭރު ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލާފައިވަނީ 2014 ވަނަ އަހަރުގެ މާޗު އަށް ވަނަ ދުވަހު މެލޭޝިއާއިން ޗައިނާއަށް ދަތުރުކުރަނިކޮށް ގެއްލުނު މެލޭޝިއާގެ އެއާލައިންސް އެމްއެޗް 370 މަތިންދާ ބޯޓުހެ ހާދިސާއަށް ފަހު ވިޔަފާރީގައި ދިމާވި ކަންތައްތަކަށްފަހުއެވެ.



