ސްރީލަންކާގައި އިއްޔެ ނިމުނު ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްސް ގައި ވާދަކުރި ރާއްޖޭގެ ޓީމަށް 5 މެޑެލް ލިބިއްޖެއެވެ.
ރާއްޖެއަށް ލިބުނީ 2 ރިހި މެޑެލާއި 3 ލޮއި މެޑެލެވެ. މެޑަލް ހޯދި އެތުލީޓުންނަކީ، އަމްނާ ތަޒްކިޔާ މިރުސާދު، ޒޯހާ އަޒްލީ ނަސީމް، މަލައިކާ ލިންޑާ އިމްރާން އަދި ޒާހާ ޒައިދުލް ހަލީލްއެވެ.
މި މުބާރާތުގައި ރާއްޖޭގެ އުމުރުން 13 އަހަރުގެ ތަޒްކިޔާ ވަނީ އިންޑިވިޖުއަލް ތިން މެޑަލް ހޯދާފައެވެ. 50 މީޓަރު ފްރީސްޓައިލް އިވެންޓުން ހޯދި ރިހި މެޑަލްއާއެކު އަމްނާ ތަޒްކިޔާ މި މުބާރާތުގައި ހޯދި މެޑަލްތަކުގެ އަދަދު ތިނަކަށް އަރައިފިއެވެ. އޭނާއަކީ މި މުބާރާތުގައި ވާދަކުރި ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު އެންމެ މޮޅު އެތުލީޓްކަން ފާހަގަ ކުރެވެއެވެ.
ތަޒްކިޔާ ވަނީ މި މުބާރާތުގައި 100 މީޓަރު ފްރީސްޓައިލް އިވެންޓުން ލޯ މެޑަލް ހޯދާފައެވެ. އަދި މި މުބާރާތުގައި 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުން ލޯ މެޑަލް ހޯދި ޓީމުގައި ވެސް ތަޒްކިޔާ ހިމެނެއެވެ.



