ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސްގެ ޓޭބަލް ޓެނިސް އިވެންޓުގައި ރާއްޖޭގެ ފުރަތަމަ އޮލިމްޕިކް ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ބަލިވި ކަމުގައިވިޔަސް އެދެއްކެވި ހިތްވަރަށް ސާބަސް ހައްގެވެ. ދީމާ އެހިސާބަށް އެ ދަތުރުކުރީ އަލަށެވެ. ސަރަހައްދީ ގައުމުތައް ފަހަތަށް ޖައްސާލާފައެވެ. އަދި ކުޅުނީވެސް ޕޮލެންޑުގެ އުއްމީދީ ކުޅުްތެރިއާ އާއި ދެކޮޅަށެވެ.
ދީމާ ބަލިވީ ޕްރިލިމިނަރީ ބުރުގައި ޕޮލަންޑުގެ ކަޓާޒައިނާ ވޭގަޖަން އަތުން އެއްވެސް ސެޓެއް ނުލިބިއެވެ.
މެޗުގެ ސެޓުތައް ދިޔަ ގޮތަށް ބަލާއިރު، ފުރަތަމަ ސެޓު ނިމުނީ 11-05 އިންނެވެ. ދެވަނަ ސެޓު 11-05 އިން ނިމުނުއިރު ބާކީ ދެސެޓު ނިމުނީ 11-02 އަދި 11-08 އިންނެވެ.
ފުރަތަމަ ސެޓުގައި އިދިކޮޅު ކުޅުންތެރިޔާ ޕޮއިންޓުތަކެއް ހޯދާފައި ވަނިކޮށް ފަހަތުން އަރައި ދީމާ އެއްވަރު ކުރިއެވެ. ނަމަވެސް އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދެއްކި ޕޮލެންޑުގެ ކަޓާޒައިނާ ފަސޭހަކަމާއެކު ސެޓު ކާމިޔާބު ކުރިތަން ފެނުނެވެ.
މެޗުން ބަލިވެ މުބާރާތް ނިންމާލަން ޖެހުނު އުމުރުން 16 އަހަރުގެ ދީމާއަކީ ޓީޓީގައި އޮލިމްޕިކްސްގެ ފުރަތަމަ ދިވެހި ކުޅުންތެރިޔާއެވެ.



