ސަރުކާރުގައި މިވަގުތު ހުރި 40 ޓަނުގެ ފިޝް ޕްރޮސެސިންގ ކެޕޭސިޓީއަށް އިތުރު 300 ޓަނު އިތުރުކުރުމަށް ޗައިނާގެ ކުންފުންޏަކާ އެކު މަސައްކަތް ކުރަމުން ދާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރޭ އެސްއެސް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު ވިދާޅުވީ ދަޅުމަސް ބަންދުކޮށްގެން އެކްސްޕޯޓް ކުރުމުން މިހާރު މި ލިބޭ ފައިދާގެ ދެގުނަ ބޮޑުވާނެ އެވެ. އެހެންކަމުން ފެލިވަރާއެކު ރާއްޖޭގެ ތިން ސަރަައްދެއްގައި މަސް ޕްރޮސެސް ކުރުމަށް ފ.ނިލަންދޫއާއި ގދ.ފިޔޯރީ ގައި ފެކްޓްރީ ހަދާނެ ކަމަށެވެ.
ރާއްޖެއަށް މަސް ބޭރުކޮށްގެން މިހާރު މިލިބޭ 90 މިލިއަން ޑޮލަރުގެ ދެގުނަ ފައިދާ އޭރުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، މި ދެރަށުގައިވެސް ހަދާނީ 100 ޓަނުގެ ފިޝް ޕްރޮސެސިންގ ކެޕޭސިޓީ ކަމަށް ވާތީ މި އިތުރުވުމުގެ ސަބަބުން އެންސިސް އާއި ހޮރައިޒްން އާއެކު މުޅި ޖުމްލަ 81000 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.


