ކޮލަމް: ރައީސް މުހައްމަދު މުއިއްޒު، ރާއްޖޭގެ މުސްތަގުބަލް

އުސްތާޛް އަލީ އާދަމް | 332 ދުވަސް ކުރިން - 28 ޖުލައި 2024 13:16
ރައީސުލްޖުމްހޫރިއްޔާގެ ޑރ މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ޑރ މުޙައްމަދު މުޢިއްޒު
ޚުލާސާ

ރައީސް މުހައްމަދު މުއިއްޒުގެ ބުއްދިވެރިކަމާއި ލީޑަޝިޕުން ޝައްކުވެރިންގެ މައްޗަށް ކުރިހޯދައި، ރާއްޖޭގެ މިނިވަންކަން ދިފާއުކޮށް، ތަނަވަސްކަން އިތުރުކުރުމަށް ތައުރީފުކުރެ އެވެ. އެމަނިކުފާނުގެ މަޑުމައިތިރި، ހުޝިޔާރު އުސޫލާއި، ތަޖުރިބާގެ ސަބަބުން ފުޅާ ތާއީދެއް ލިބި، ސިޔާސީ ނުރުހުމުގެ ތެރޭގައި ވެސް އެމަނިކުފާނަށް ހިތް ދެވުނު މީހުން ގިނަ ވެއްޖެއެވެ.


ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ހުޝިޔާރުކަން ފެނި ، މީގެކުރިން އެމަނކިފާނަށް ވޯޓު ނުދޭނަމޭ ބުނާ މީހުންގެ ވެސް ލޯތްބާއި ތަޢުރީފު އޮހެނީއެވެ.


ރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް އަދި ދިވެހިވަންތަ އިސްލާމީ ޤައުމެއް ދިވެހިންނަށް ހޯއްދަވައި ދެއްވުމުގެ ނިޔަތާއި ޢަޒުމުގައި ރާއްޖޭގެ ރައީސްކަމަށް ވަޑައިގަތުމުގެ ފުރުޞަތު ޑރ.މުޢިއްޒުއަށް ލިބިވަޑައިގަތުމަކީ ހައިރާންވާންޖެހޭކަމެއް ނޫނެވެ. ސްކޫލު ދައުރުގައި ވެސް ތޫނުފިލި ބަސްމަދު ކެތްތެރި ހުޝިޔާރު ކުއްޖެއް ގޮތުގައި އެމަނިކުފާނުގެ ޓީޗަރުން ވެސް ފާހަގަކުރައްވާ ޑރ. މުޢިއްޒު ކުރީގެ ރައީސް ޔާމިނުގެ ރިޔާސަތުގައި ވަޒީރަކަށް ހުންވައިގެން ކޮށްދެއްވި މަސައްކަތްތަކާއި މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން ކޮށްދެއްވި މަސައްކަތްތަކުން ރައްޔިތުންގެ އިތުބާރު ހޯއްދެވިއެވެ. އެމަނިކުފާނުގެ ޤާބިލުކަމާއި ހުޝިޔާރުކަން ރައްޔިތުން ބަލައިގަތްކަމުގެ ނަތީޖާ އަކަށްވީ ރާއްޖޭގެ ރައްޔިތުން ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާކަމަށް ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތުން އެމަނިކުފާނު އިންތިޚާބު ކުރުމެވެ. އޭރުގެ ސަރުކާރާއި ސިޔާސި ވާދަވެރިން އެމަނިކުފާނަށް ކުރި މާލާމާތާއި ކުރިމަތިކުރުވަމުން ދިޔަ އުދަގޫތަކާއި ދޮގު ތުހުމަތުތަކަށް އެބީދައިން ރައްދު ދިނުމެއް ނެތި ޞާފު ހިތަކާއިގެން ﷲ އަށް ވަކީލުކޮށް ހޯއްދެވި ކާމިޔާބީގެ ސިއްރަކީ ވެސް އެމަނިކުފާނުގެ ހުޝިޔާރުކަމެވެ.

ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ވަޑައިގަތީ ، ދިވެހިރާއްޖެ އޮޔާދަނިކޮށް ކަމަށާއި އޭރު އިންްޑިޔާގެ ގޮޑުދޮށުގައި ތިބޭއިރު ރާއްޖެ ފެންނަކަމަށް މީހަކު ބުނާތީއެހީމެވެ. މިވާހަކައަކީ ރައްޖޭގެ މިނިވަންކަން އޭރު އޮތް ހާލަތަށް ބަލައި ދިވެހި ރައްޔިތުން ގެ އިޙްސާސްތައް ހުރި ގޮތްކަމަށް ބެލެވެއެވެ. އެހެން މީހަކު ބުނާތީ އެހީމެވެ . ޑރ.މުޢިއްޒު ވެރިކަމަށް ވަޑައިގަތީ، އެމް.ޑީ.ޕި.ގެ ވެރިކަމާ ދޭތެރޭ ރައްޔިތުން ފޫހިވެ މާޔޫސްވެފައި ވަނިކޮށެވެ. ޑރ.މުޢިއްޒުއަށް އިންތިހާއަށް ބޭނުންވެފައިވާ ވަގުތެއްގައެވެ. ރާއްޖޭގެ މިނިވަންކަން ގެއްލިދާނެކަމުގެ ބިރު ހީވެފައިވާ ވަގުތެއްގައެވެ. ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އިސްލާމް ދީނާއި ދެކޮޅަށް ހިންގޭ ގިނަކަންތައްތަކެއް ތަޢާރަފުކޮށް ހިތްވަރު ދެމުން ދިޔަ ދުވަސްވަރެއްގައެވެ. ބަދަލު ދިނުމުގެ ނަމުގައި ގާތް ފަރާތްތަކަށް ދައުލަތުގެ ބައިތުލްމާލުން އެތައް ބިލިޔަން ފައިސާއެއް ދޫކުރިކަމުގެ ތުހުމަތު ވެސް އެމް.ޑީ.ޕީ.ސަރުކާރުގެ މައްޗަށް އޮތެވެ. ޝަރްޢީ ދާއިރާ އިޞްލާޙުކުރުމުގެ ނަމުގައި ޝަރްޢީ ދާއިރާގެ އިދާރީ އޮނިގަނޑު ބަދަލުކޮށް ޤާނޫނުތައް އެއްފަރާތްކޮށް އުޞޫލުތަކެއް ތަޢާރަފުކޮށް ތަންފީޛުކުރަމުންދިޔަ ވަގުތެއްގައެވެ. ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޛު ފޯރުވައި ފަނޑިޔާރުންގެ ޢަބުރު ކަތިލުމާއި އެކަމަށް ހިތްވަރުދޭ ސިޔާސަތެއް ގެންގުޅެމުން ދަނިކޮށެވެ. އެމް.އެމް.އޭ.ގެ ލަފަޔާއި ޚިލާފަށް ދަރަންޏަށް ގިނަ ޢަދަދެއްގެ ލޯނު ނަގައި ލޯނު ދެއްކުމަށް ވެސް ލޯނު ނަގައި ، ގިނަ ޢަދަދަކަށް ފައިސާ ޗާޕްކޮށް ޓެކްސް ނަގާ މިންވަރު އިތުރުކޮށް ބާޒާރުކޮތަޅުން ފައިސާ ނަގަން ފަށާފައިވާ ވަގުތެއްގައެވެ.

އެހެންކަމުން މިހުރިހާ ކަމަކުން ރާއްޖެއަށް ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް ރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް ދަރަނިތަކުން މިންޖު ކޮށްދެވޭނީ ޑރ.މުޙައްމަދު މުޢިއްޒު ފަދަ ޚުޝިޔާރު ވެރިއަކަށެވެ. 

ރާއްޖޭގެ މިނިވަން ދުވަހު ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ އިނާމު ވެއްޓެމުން ދިޔަ ވަގުތު ވެއްޓުނަ ނުދެއްވައި ސިކުންތެއްގެ ތެރޭގައި ހިފެހެއްޓެވި މަންޒަރަކީ އެމަނިކުފާނުގެ ހުޝިޔާރުކަން އިތުރަށް ކަށަވަރުކޮށްދެއްވި ކަމެކެވެ. އެމަނިކުފާނުގެ ހުޝިޔާރުކަން ފާހަގަ ކުރައްވަމުން ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓު ނުދެއްވާ ރާއްޖޭގެ ލިޔުންތެރިއެއަކު ވެސް އެފް.ބީ ގައި އެމަނިކުފާނުގެ ހުޝިޔާރުކަމަށް ތަޢްރީފް ކުރައްވާފައިވާކަން ފާހަގަކުރެވުނެވެ. މިކަމުން ވެސް އެނގެނީ ރައީސް މުޢިއްޒަށްޓަކައި ކިތައްމެ ބައެއްގެ ހިތުގައި ފޮރުވާފައި އޮތް ޙައްޤު ބަހަކީ އެމަނިކުފާނަކީ ހުޝިޔާރު ރައީސެކެވެ. މިފަދަ ހުޝިޔާރުކަމެއް ހުރި ވެރިއަކަށް ނޫނީ ވެރިކަން ނުކުރެވޭނެ ކަމެވެ. އެމަނިކުފާނުގެ ހުޝިޔާރު ކަމާއެކު ޤައުމުގެ ކަންކަން އިޞްލާޙު ވެދާނެކަމަށް ކުރެވޭ އުއްމީދު ބޮޑުކަމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%