ކުރީގެ ވެރިކަންތަކުގެ ފުރަތަމަ 8 މަސްދުވަހުގެ މަސައްކަތްތައް:
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ކެބިނެޓުން ބާއްވާފައިވަނީ 14 ބައްދަލުވުމެވެ. 34 ނިންމުމެއް ނިންމާފައި ވެއެވެ.
އެހެންކަމުން މިއީ ބޭއްވި ބައްދަލުވުންތަކާއި އަޅާބަލާއިރު މިސަރުކާރަށްވުރެ މަދު އަދަދެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި 7 ބައްދަލުވުމެއް ބޭއްވިއިރު، އެ މުއްދަތުގައި 8 ނިންމުމެއް ނިންމަވާފައި ވެއެވެ.
މި އަދަދުތަކުން ދައްކުވައިދެނީ ރައީސް މުއިއްޒުގެ ލީޑަޝިޕްގައި ސަރުކާރުގެ ހަރަކާތްތަކުގެ ދުވެއްޔާއި ވަލިއްޔުލްއަމްރުގެ މަސްއޫލިއްޔަތުތަކަށް މާޒީގެ ވެރިކަންތަކާއި އަޅާބަލާއިރު ބޮޑު ބަދަލެއް އައިސްފައިވާކަމެވެ. މިހާރުގެ ވެރިކަމުގައި ގެންގުޅޭ ޕްރޮއެކްޓިވް އުޞޫލެވެ.
ކެބިނެޓްގެ ވަރުގަދަ މަސައްކަތުގެ އިތުރުން، އިޤްތިޞާދީ އަދި އިޖްތިމާޢީ ކައުންސިލްތަކުގެ މުހިންމު ޙިއްޞާތަކުގެ މައްޗަށް ރައީސް މުއިއްޒު ވަނީ ރޭ އަލިއަޅުވާލައްވާފައެވެ. އިކޮނޮމިކް ކައުންސިލުން 56 ބައްދަލުވުމެއް ބާއްވައި އިގްތިސާދީ އިސްތިގުލާލަށް އަމާޒުކޮށްގެން 176 ނިންމުމެއް ނިންމާފައިވާއިރު، ސޯޝަލް ކައުންސިލުން 16 ބައްދަލުވުމެއް ބާއްވައި އިޖުތިމާއީ ރައްކާތެރިކަމަށް އަމާޒުކޮށްގެން 48 ނިންމުމެއް ތަންފީޒުކޮށްފައިވެ އެވެ.
ރައީސް މުއިއްޒު ވަނީ ނޮވެމްބަރު 17، 2023 ގައި ރައްޔިތުންނާ ބައްދަލުކުރެއްވި ފުރަތަމަ ތަގުރީރުގައި ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވާފައެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި ޕްރޮއެކްޓިވް ފިޔަވަޅުތަކާއި ފުޅާ ދާއިރާއެއްގައި ނިންމުންތައް ނިންމުމުގެ ޕްރޮސެސްތަކަކީ ވެރިކަމާއި ގައުމީ ތަރައްގީއަށް ޚާއްސަ އަދި ގައުމުގެ މިނިވަންކަން ކަށަވަރުކޮށްދީ، ދެމެހެއްޓެނިވި ކުރިއެރުމާއި ހަމަޖެހުމަށް މަގުފަހިކޮށްދިން ކަންތަކެވެ.



