ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮބްޒާވްކުރަން ބޭރުގެ އޮބްޒާވަރުންް ރާއްޖެ އަންނަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ އިންތިޚާބު އޮބްޒާވްކުރެއްވުމަށް ބައިނަލްއަގްވާމީ އޮބްޒާވަރުންް ރާއްޖެ ވަޑައިގަންނަވަން އިއްޔެ ފަށައިފި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖެއިން ބޭރުގެ 30 ފަރާތަކަށް އިލެކްޝަން ކޮމިޝަނުގެ ހާއްސަ ދައުވަތު ފޮނުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން 10 ގައުމަކުން 20 ބޭފުޅުންނަށް ހާއްސަ ދައުވަތު އެރުވިއެވެ. އަދި ބައިނަލް އަގުވާމީ 5 ޖަމާއަތަކުން 10 ބޭފުޅުން ވެސް ދައުވަތު އެރުވިއެވެ.

ރާއްޖޭގައި ބާއްވާ އިންތިޚާބުތައް އޮބްޒާވް ކުރުމަށް އަބަދުވެސް ބޭރުގެ އޮބްޒާވަރުންް ބައިވެރިވެއެވެ. އަދި އިންތިހާބުތައް އޮބްޒާވްކުރުމަށްފަހު ފާހަގަކުރެވޭ ކަންކަމުގެ ރިޕޯޓް ވެސް އާންމުކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލާ ވަގުތު 17:30 އާ ހަމައަށް ވަނީ އިތުުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓްލާ ވަގުތު އިތުރު ކުރުމަށް ނިންމީ އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޖަލްސާގައި ކަމަށެވެ. އެގޮތުން ވޯޓްލާ ގަޑި ހެނދުނު 8:00 އިން ހަވީރު 17:30 އަށް އިތުރު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މަޖިލީސް އިންތިހާބު އޮންނާނީ އެޕްރީލް 21 ވާ އާދީއްތަ ދުވަހުއެވެ. އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ވޯޓު ލެވޭ މީހުންގެ ޖުމްލަ އަދަދު 284،663 އަށް އަރައެވެ. އެއީ 145،302 ފިރިހެނުންނާއި، 284،663 އަންހެނުންނެވެ.

މަޖިލީސް އިންތިހާބުގައި 602 ވޯޓު ފޮށި ބަހައްޓާއިރު، އެއީ މާލޭގައި 181 އަދި ހުޅުމާލޭގައި 51 އެވެ. އަދި ވިލިމާލޭގައި 9 ވޯޓު ފޮށި ބަހައްޓާއިރު، އަތޮޅު ތެރޭގައި 319 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ. އިންތިހާބުގައި ޖުމްލަ 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭ ހިމެނެނީ 326 ފިރިހެން ކެންޑިޑޭޓުންނާއި 43 އަންހެން ކެންޑިޑޭޓުންނެވެ.