ގައުމީ އެއާލައިންގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ގޮތުން އެއާބަސް އޭ330-200 ގެ މަތިންދާބޯޓެއް ފްލީޓަށް އިތުރުކުރުމަށް ޓްރޫނޯޑާ އެކު ސޮއި ކޮށްފި އެވެ. މިއަދު ބޭއްވި މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުހައްމަދު އަމީން ބައިވެރިވެވަޑައިގަތީ، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް މުހިންމު ދަނޑިވަޅެއްގައެވެ.
މި އެއްބަސްވުމަކީ މިހާރު އެންމެ އެއާބަސް ކަމަށްވާ އޭ320 އިން އޮޕަރޭޓްކުރާ ގައުމީ އެއާލައިނަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެކުރިން އެއާބަސް ގެ ދެ އުޅަނދު އޮއްވާ ކުރީ ސަރުކާރުން އެތަނުން އެއް އެއާބަސް ފޮނުވާލުމުން މިވަގުތު އޮތީ އެންމެ އޮޕަރޭޝަނަލް އެއާކްރާފްޓެކެވެ. އޭ330 އެއް ދިވެހީންގެ ފްލީޓަށް އިތުރުވެގެން ދިއުމާއި އެކު އޭވިއޭޝަން އިންޑަސްޓްރީ ކުރިއެރުމަށް އެހީތެރިވެދެވޭނެ އެވެ.

ޔޫރަޕްގެ މަޝްހޫރު އެއަރޮސްޕޭސް ކޯޕަރޭޝަނެއް ކަމަށްވާ އެއާބަސް އިން އުފައްދާ އެއާބަސް އޭ330-200 އަކީ އޭގެ ވަރުގަދަކަމާއި ގާބިލްކަމުގެ ގޮތުން މަޝްހޫރު ބޯޓެކެވެ. 13،450 ކިލޯމީޓަރާއި ހަމައަށް ދުއްވާއިރު، އާދައިގެ ތިން ކްލާހުގެ ކޮންފިގްރޭޝަނެއްގައި 210 އާއި 250 އާއި ދެމެދުގެ އަދަދަކަށް ފަސިންޖަރުންނަށް ޖާގަ ލިބެ އެވެ. އޭ330-200 އަކީ ތެލުގެ ޚަރަދު ކުޑަ، ތިމާވެއްޓަށް ކުރާ އަސަރު ކުޑަކަމަށް ފާހަގަކުރެވޭ ބޯޓަކަށް ވާތީ، ރާއްޖޭގެ ފުޅާވަމުން އަންނަ އޭވިއޭޝަން ބޭނުންތަކަށް މިއީ އެންމެ ރަނގަޅު ޗޮއިސް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ އޭ330 ތައާރަފްކުރުމަކީ ދިވެހިންގެ ގައުމީ އެއާލައިންގެ ފްލީޓް ވަރުގަދަކޮށް ދުނިޔޭގެ އެހެން ގައުމުތަކާ ގުޅުން އިތުރުކުރުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށާއި މި މަތިންދާބޯޓުން ޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތާއި ޖުމްލަ އިގްތިސާދީ ކުރިއެރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.



