59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ބާއްވަން ހަމަޖެހިފައިވާ އެމްއެންޑީއެފްގެ ޕެރޭޑު ކެންސަލްކޮށްފިއެވެ.
އެމްއެންޑީއެފް އިން ބުނީ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލްކުރެވިފައިވާ ޝަރަފުގެ ހިނގާލުން މޫސުން ތަން ނުދިނުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ފަސްކުރެވިފައިވާ ކަމަށެވެ.
ޕެރޭޑާއި ގުޅިގެން މާލޭގެ މަގުތަކުގައި ހަވީރު 4:00 އިން އިރު އޮއްސި 6:00 އަށް ވެހިކަލް ދުއްވުން ވެސް އޮތީ މަނާކޮށްފައެވެ. ޕްރޭޑް ކެންސަލްވުމުން މިއަދު ހަވީރު 6-4 އަށް މާލޭގައި ހިނގާފައި އުޅެން ނެރުނު ޓްރެފިކް ނޯޓިސް ކެންސަލްކޮށްފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.



