ލ.ފޮނަދޫ ދާއިރާގެ ކެންޑިޑޭޓު އަބްދުއްރަހީމް އަބްދުﷲ އަދި ފެލިދޫ ދާއިރާއަށް ވާދަކުރައްވާ އާދަމް ޒާހިރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ޕީއެންސީގެ ކެނޑިޑޭޓުންނާއި ސަޕޯޓަރުންގެ ކިބައިން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެދިލެއްވީ ހިތްވަރާއެކު މަސައްކަތްކޮށް ކެމްޕެއިން އިތުރު ހަރުފަތަކަށް ގެންދިއުމަށެވެ
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ގައުމީ ރޫހުގައި ކުރި މަސައްކަތުގެ ނަތީޖާގެ ވަރަށް ރަނގަޅު ކަމަށާއި އެކަމުގައި ކުރެވުނު މަސައްކަތުން މިސްރާބު ގެއްލިފައިވާ، މި ގައުމު އަނބުރާ ރަނގަޅުކުރުމުގެ ފުރަތަމަ މަރުހަލާ ނިމިފައިވާކަމަށާއި، އެކަން ފުރިހަމަކުރުމުގެ ދެ ވަނަ މަރުހަލާއަކީ، މި މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބު ކާމިޔާބު ކުރުންކަމަށެވެ
ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ސަރުކާރުން ކުރަން ބޭނުންވާ ކަންކަމުގެ ފުރިހަމަ ނަތީޖާ ނުކުންނާނީ ސަރުކާރަށް އެއްބާރުލުން ދިނުމުގެ ވިސްނުމުގައި ތިބި މެމްބަރުން ހޮވައިގެން ކަމަށް އިޝާރާތް ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ " އަޅުގަނޑުމެންނަށް މި ކަންކަމުގައި އެއްބާރުލުން ނުދޭނެ މެމްބަރުން ހޮވައިގެން ރައްޔިތުންގެ އުއްމީދުތައް ހާސިލްނުވެ، ބުރެކި ޖެހި، މަޑުޖެހޭ ގޮތް ވާން ފުރުސަތު ދެއްވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވެ، ވަރުގަދަ މަސައްކަތްތަކެއް ބާކީ މި އޮތް ދެ ހަފުތާއެއްހާ ދުވަހު ކޮށްދެއްވަންވީ. ކުރައްވަވާ، މި އިންތިހާބު ކާމިޔާބުކުރުމުގައި ފޮނި މީރު ނަތީޖާ، ފޮނި މީރުކަން ހޯދުމަކީ އަޅުގަނޑުމެން އެންމެން އުފަލަކަށް ހައްދަވަންވީ." ކަމަށެވެ.
ސަރުކާރުގެ ސިޔާސަތު ތަކަށް އެއްބާރުލުން ދޭނެ މެމްބަރުން ހޮވަންޖެހޭކަމަށާއި، އެއީ ޖިންސީ ފުރައްސާރައާއި ކުޑަކުދިންނަށް ބުލީކުރުން ފަދަ ކަންކަން ގިނަވެފައިވުމާއެކު އެކަން ރަނގަޅުކުރުމަށް މެނިފެސްޓޯގައި ހިމަނާފައި އޮތުމާއެކު މުޖުތަމައު އެކުއެކީގައި އެއް ރޫހެއްގައި މަސައްކަތްކުރަން ގާނޫނުތައް ހަދަންޖެހޭތީ ކަމަށެވެ. މީގެ އިތުރަށް ރާއްޖޭގެ ހަތް ސަރަހައްދެއްގައި އާބަން ސެންޓަރުތައް ޤާއިމް ކުރަން ހަމަޖެހިފައިވުމާއެކު އެކަން ކަން ހާސިލް ކޮށް ދެމެހެއްޓެނިވިތަރައްޤީ ހާސިލް ކުރުމަށް ސަރަހައްދީ ތަރައްގީ ހޯދުން އެއީ މުހިންމު ކަމެއްކަމަށް ވުމާއެކު މިމަސައްކަތް ތައް ކާމިޔާބު ކަމާއެކު ކުރެވޭނީ މަޖިލިސް ތެރެއިން މުހިއްމު މަސައްކަތެއް އަދާކޮށްގެން ކަމަށްވާތީއެވެ.
ވީމާ ސަރުކާރަށް ތާއިދުކުރާ ކެންޑިޑޭޓުން ހޮވައިދިނުމަކީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިވަޑައިގެން، މިފުރުސަތު އަތުން ބީވެގެން ދިޔަ ނުދިނުމަށްރައީސް އެދިލެއްވިއެވެ.








