ބައްސާމްގެ ދުވަސްވަރު ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނާއި ވާހަކަ ދެކެވި ގަތަރުގެ ސްޕޮންސާގެ ދަށުން ގެނައި ޓެކްނިކަލް ޑައިރެކްޓަރު ސްމޯލީގެ އެއްބަސްވުން އާ ކުރެވެން ނެތް ކަމަށް އޭނާއަށް އަންގަވައިފިއެވެ.
ގަތަރު ފުޓްބޯޅަ އެސޯސިއޭޝަންގެ ސްޕޮންސަޝިޕްގެ ދަށުން އެފްއޭއެމަށް ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި އައްޔަންކުރި ސްމޯލީގެ މުސާރަ 25،000 ޑޮލަރާ ގާތްކުރާ ކަމަށް ވެއެވެ. ގަތަރުން އެއްބަސްވީ އަހަރަކު އެއްފަހަރު އެއްބަސްވުން އާކުރުމަށެވެ.
ސްމޯލީގެ ފުރަތަމަ ކޮންޓްރެކްޓް މިހާރު ހަމަވެފައިވާއިރު، އޭނާ އާއި އެފްއޭއެމްއާ ދެމެދު ދާދި ފަހުން ކުރެވުނު މަޝްވަރާތަކުގެ ސަބަބުން މިހާރުގެ ޝަރުތުތަކުގެ ދަށުން އޭނާގެ މުސާރަ އެފްއޭއެމްއަށް ދެމެހެއްޓޭކަށް ނެތް ކަމަށް ވަނީ އެއްބަސްވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ސްމޯލީ ވަނީ މިހާރު ހިނގަމުންދާ އޭ ލައިސަންސް ކޯޗިން ކޯސް ނިމުމުން ދެފަރާތުން އެއްބަސްވާ ކޮންޓްރެކްޓް އުވާލުމަށް އެއްބަސްވެފަ އެވެ.
ސްމޯލީ އަކީ އެފްއޭއެމްގެ ކުރީގެ ރައީސްގެ ދަށުން ރާއްޖެ ގެނެވުނު ތިންވަނަ ފޮރިން ޓެކްނިކަލް ޑިރެކްޓަރެވެ.



