ކުރީ މަޖިލީހުގައި ނިންމި ކަންކަން ކޮންމެހެން ތަންފީޒްކުރާކަށް ނުޖެހެއޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި، މަޖިލީހުގެ މެންބަރުންނާއެކު ފުރާވަޑައިގަންނަވާ ކޮންމެ މީހަކަށް ވީއައިޕީ ޚިދުމަތް ދިނުމަށް 19ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި އޮތުމުން އެކަމާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މަޖިލިސް މެމްބަރުންނާއެކު ފުރާވަޑައިގަންނަވާ މީހުންނަށް އެއާޕޯޓު ވީއައިޕީ ލައުންޖުން ދޭ ހިދުމަތަށް ބިލް ކުރަނީ މަޖިިސް އިދާރާއަށެވެ. އެގޮތުން ކުރީގެ މަޖިލީހުން ފާސްކޮށް މިހާރުގެ މަޖިލީހުގެ ތަޅުމަށް މިކަން ފޮނުވާފައިވާއިރު މިދައުރުގައިވެސް އެގޮތަށް އަމަލުކުރުމަށް ޢާންމު ކޮމިޓީން ފުރަތަމަ ނިންމި ކަމަށް އަބދުއްރަހީމް ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނުގެ އެކަން ހުއްޓުވިއެވެ.
"އަޅުގަނޑަށް އެކަން އެނގުނު ހިސާބުން ޢާންމު ކޮމިޓީގެ މުގައްރިރަށް ދެނެންނެވިން އެއްގޮތަކަށްވެސް ތިކަން އެގޮތަށް ކޮށްގެން ނުވާނޭ. އެއީ ކުރީ މަޖިލީހުގައި ނިންމި ކަންކަން އަޅުގަނޑުމެން ކޮންމެހެން ތަންފީޒްކުރާކަށް ނުޖެހެއޭ. އެހެންވީމަ އަލުން ތި ބަދަލުކުރައްވާށޭ. އެހެންވީމަ ހަމަ އެރޭން އެރެއަށް އަޅުގަނޑުމެން ކޮމިޓި ބާއްވާފައި އޮންނާނީ އެކަން ބަދަލުކޮށްފައި." 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.



