މަޝްހޫރު މެސެޖިންގ ޕްލެޓްފޯމް ޓެލެގްރާމަށް އީލޮން މަސްކްގެ އެކްސްއޭއައި އިން އުފެއްދި އޭއައި ޓޫލްސް އިންޓަގްރޭޓް ކުރާނެކަން އިއުލާންކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން އެއް ބިލިއަނަށް ވުރެ ގިނަ ޓެލެގްރާމް ބޭނުންކުރާ ފަރާތްތަކަށް އޭއައި އެސިސްޓެންޓް ގްރޯކްގެ ޚިދުމަތް ލިބިގެންދާނެއެވެ.
ޓެލެގްރާމްގެ ޗީފް، ޕަވެލް ޑުރޯވް ވިދާޅުވެފައިވަނީ މި އެއްބަސްވުމުގެ މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޓެލެގްރާމް މެދުވެރިކޮށް ވިއްކާ އެކްސްއޭއައި ސަބްސްކްރިޕްޝަންތަކުން ލިބޭ އާމްދަނީގެ 50 އިންސައްތައާއެކު އެކްސްއޭއައި އިން 300 މިލިއަން ޑޮލަރު (223 މިލިއަން ޕައުންޑް) ނަގުދު ފައިސާ އާއި އިކުއިޓީ ހޯދުމުގެ ފުރުސަތު ޓެލެގްރާމަށް ލިބިގެންދާނެ ކަމަށެވެ.
މީސްމީޑިއާ މަންސަތައް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ދޭދޭ މީހުންގެ މެދުގައި މުޢާމަލާތް ކުރުމަށެވެ، ޑައިރެކްޓް މެސެޖިންގައި އޭއައި ހިމެނުމުން، ޓެލެގްރާމް ބޭނުންކުރާ މީހުންގެ މެދުގައި އޮންނަ އިތުބާރު ކުޑަވުމަށް މަގުފަހިވެދާނެ ކަމަށް އެނަލިސްޓުން ބުނެއެވެ.
މި އެއްބަސްވުމަކީ ވާދަވެރި ކުންފުނި މެޓާއިން އެ ކުންފުނީގެ މެސެޖިންގ ޕްލެޓްފޯމް ވަޓްސްއެޕްއަށް އޭއައިގެ ޚިދުމަތެއް އިންޓަގްރޭޓް ކުރުމަށްފަހު އައި ބަދަލެކެވެ.