ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހަވީރު މާލޭގެ 3 ތަނެއް ބަލައި ފާސްކޮށް 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އިމިގްރޭޝަން އަދި ފުލުހުން ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާއިރު، މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 122 އަށް ވުރެ ގިނަ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓުކުރުމަށްޓަކައި ޚާއްސަކޮށްގެން އިމިގްރޭޝަނުން ވަނީ 'އިމިގްރޭޝަން ވޮޗް' ނަމަކަށް ކިޔާ ޕޯޓަލް އެއްވެސް ތައާރަފްކޮށްފައެވެ. މި ޕޯޓަލް މެދުވެރިކޮށް ލިބޭ މަޢުލޫމާތާއި އެއްގޮތަށް އިމިގްރޭޝަނުން އަންނަނީ ތަންތަން ބަލައި ފާސްކުރަމުންނެވެ.



