ޅ. ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ ބެލެނިވެރިން މިއަދު ހެނދުނު އިހުތިޖާޖުކުރަން ފަށައިފިއެވެ.
މި އިހުތިޖާޖު ކުރަމުން އަންނަނީ އެ ސްކޫލުގެ އިސްލާމް ޓީޗަރަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.
ސްކޫލްގެ ބޭރުގައާއި ޖެންޑަރ ކައިރީގައި ބެލެނިވެރިން އިހުތިޖާޖު ކުރަމުން އަންނަނީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.
އިހުތިޖާޖުގައި ބައިވެރިވާ ބެލެނިވެރިއަކު ބުނީ އިސްލާމް ޓީޗަރު ރަށު ތެރޭ އެކި މީހުންނާއެކު ޒިނޭ ކުރާ ކަމުގެ ތުހުމަތުތަކެއް އެބަ ކުރެވޭ ކަމަށެވެ. އަދި އެކަން ފަޅާ އަރާފައިވާ ކަމަށާއި އޭނާ ސްކޫލްގައި ބަހައްޓަން ބެލެނިވެރިން ބޭނުންނުވާކަމަށް ބުންޏެވެ.
ބެލެނިވެރިޔާ ބުނީ ފުލުހުންގެ އެހީތެރިކަމާއެކު އިސްލާމް ޓީޗަރު ސްކޫލުން ނެރެގެން ގެންގޮސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މިހާރު އިހުތިޖާޖު ކުރަމުން އަންނަނީ ޖެންޑަރ ކައިރީގައި ކަމަށް ބެލެނިވެރިޔާ ބުންޏެވެ.
އިހުތިޖާޖުގެ ބެލެނިވެރިން ގޮވާލަމުން އަންނަނީ އިސްލާމް ޓީޗަރު ވަޒީފާއިން ވަކި ކުރުމަށެވެ.



