އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން މާލޭގައި ކުރިއަށް ގެންދިޔަ ފުރަތަމަ ހައި ޕާފޯމަންސް ސެމިނާ އާއި ލެވެލް ޓޫ ޓިއުޓަރ ކޯސް ފަށައިފި އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މި އިވެންޓުގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އާއި ގުޅިގެން 14 ގައުމަކުން 20 އަށް ވުރެ ގިނަ ކޯޗުން ބައިވެރިވެ އެވެ.
ޖުލައި 24 އިން 30 އަށް ހަމަޖެހިފައިވާ މި ކޯހުގައި އައިސީސީގެ ފުލް މެމްބަރު ޤައުމުތަކުގެ ބައިވެރިން ބައިވެރިވެއެވެ. މި ޕްރޮގްރާމްގެ ފަހު ދެ ދުވަސް ޚާއްސަކޮށްފައިވަނީ ހައި ޕާފޯމަންސް ސެމިނާއަށެވެ. މި ސެމިނާގައި ބައިވެރިވާ ކޯޗުންނަށް ފުރިހަމަ ތަމްރީނު ތަޖުރިބާއެއް ލިބިގެންދާނެ އެވެ. ސެޝަންތައް ކުރިއަށް ގެންދަނީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ސެމިނާ ރޫމްގައެވެ. މި ސެގްމަންޓުގައި ޓެލެންޓް އައިޑެންޓިފިކޭޝަން އެންޑް ޑިވެލޮޕްމަންޓް ޕްރޮސެސް، އެޗްޕީ ގަވަރނަންސް ފޯރަމްސްގެ އިތުރުން ބެޓިން އަދި ސްޕިން ބޯލިންގައި ސްޕެޝަލައިޒްޑް ސްކިލްސް ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކަށް އަލިއަޅުވާލާނެއެވެ.
މި ކޯހުގައި އައިސީސީ އޭޝިއާ ރީޖަން ޑިވެލޮޕްމަންޓް ޓީމްގެ މާސްޓާ އެޑިއުކޭޓަރުން ބައިވެރިވާއިރު، އޭގެ ތެރޭގައި ބަންގްލަދޭޝްގެ އަމީނުލް އިސްލާމް އާއި ޕާކިސްތާނުގެ އިގްބާލް ސިކަންދަރު އަދި ޕާކިސްތާނުގެ ކޯޗު ޓްރެއިނަރު ޝާހިދު އަސްލަމް ހިމެނެ އެވެ. މި ތަޖުރިބާކާރުން ދަނީ ބައިވެރިންގެ ކޯޗިން ސްޓޭންޑަޑް މަތިކުރުމަށް އެމީހުންގެ ޢިލްމާއި ތަޖުރިބާ ފޯރުކޮށްދެމުންނެވެ.
މިއީ ކްރިކެޓް ކޯޗިންގެ ފެންވަރު މަތިކުރުމާއި މެމްބަރު ގައުމުތަކުގައި މި ކުޅިވަރު ތަރައްގީ ކުރުމަށް އައިސީސީން ކުރާ މަސައްކަތަށް ލިބުނު މުހިންމު ފިޔަވަޅެކެވެ.



