ދިވެއްސާއި ޢަރަބި ކިޔަވައިދިނުން ހުއްޓާލުމާއި ގުޅިގެން މަލިކު ރައްޔިތުން މުޒާހަރާ ކުރަނީ

ޖަވާދު | 1 ދުވަސް ކުރިން - 27 މޭ 2025 16:49
މަލިކުގެ ސްކޫލްތަކުގައި ދިވެހި ބަހާއި އަރަބި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް އެންގުމާއި ގުޅިގެން ކުރިޔައްދާ މުޒާހަރާގެ ތެރެއިން. / ފޮޓޯ: އެކްސް
މަލިކުގެ ސްކޫލްތަކުގައި ދިވެހި ބަހާއި އަރަބި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް އެންގުމާއި ގުޅިގެން ކުރިޔައްދާ މުޒާހަރާގެ ތެރެއިން. / ފޮޓޯ: އެކްސް
ޚުލާސާ

މާޗު 29 ގައި ސްކޫލްތައް ބަންދުކުރުމާއެކު، މަލިކުގެ ސްކޫލްތަކުގެ މަންހަޖުން ދިވެހި ބަހާއި އަރަބި ބަސް އުނިކުރި. މި ބަދަލު ގެނައީ ބެލެނިވެރިންނާއި، ސްކޫލްތަކުގެ މެނޭޖްމަންޓާއި މަޝްވަރާނުކޮށް.

މަލިކުގެ ސްކޫލްތަކުގައި ދިވެހި ބަހާއި އަރަބި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް އިންޑިއާގެ ލަކްޝަދީބު ސަރުކާރުން ނިންމުމާއި ގުޅިގެން، އެކަމާއި ދެކޮޅަށް މަލިކު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ޝާއިޢުކޮށްފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން އެނގޭގޮތުގައި، މި މުޒާހަރާތަކުގައި ގިނަ އަދަދެއްގެ މަލިކު ރައްޔިތުން ބައިވެރިވެފައިވެއެވެ. މުޒާހަރާކުރާ ފަރާތްތަކުން ގޮވާލަމުންދަނީ ދިވެހި ބަހާއި އަރަބި ބަސް އަލުން މަލިކުގެ ތަޢުލީމީ މަންހަޖުގައި ހިމަނައިދިނުމަށެވެ.

މަލިކުގެ ސްކޫލްތަކުގައި ދިވެހި ބަހާއި އަރަބި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް އެންގުމާއި ގުޅިގެން ކުރިޔައްދާ މުޒާހަރާގެ ތެރެއިން. ފޮޓޯ: އެކްސް

މާޗު 29 ގައި ސްކޫލްތައް ބަންދުކުރުމާއެކު، މަލިކުގެ ސްކޫލްތަކުގެ މަންހަޖުން ދިވެހި ބަހާއި އަރަބި ބަސް އުނިކުރިއެވެ. މި ބަދަލު ގެނައީ ބެލެނިވެރިންނާއި، ސްކޫލްތަކުގެ މެނޭޖްމަންޓް އަދި މުދައްރިސުންނާ މަޝްވަރާ ނުކޮށެވެ.

މަލިކަކީ އިހުގައި ދިވެހިރާއްޖޭގެ އަތޮޅެއްގެ ގޮތުގައި އޮތް ސަރަހައްދެއް ކަމަށް ތާރީޚުން ހެކި ދެއެވެ.

މިހާރުވެސް މަލިކުގައި ވާހަކަދައްކާ ރަސްމީ ބަހަކީ ދިވެހި ބަސް ނުވަތަ މަހަލް ބަހެވެ. އަދި މަލިކު މީހުން ލިޔަނީވެސް ތާނަ އަކުރު ބޭނުންކޮށްގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%