ވޯކް ޕާމިޓާއި ކޯޓާއާ ގުޅިގެން ދައްކަންޖެހޭ ބޮޑެތި ފީތަކާއި ޖޫރިމަނާތަކަށް ހައްލެއް ހޯދުމަށް މިނިސްޓްރީ އޮފް އިންޓަރނަލް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ފަށާފައިވާ މަސައްކަތުގެ ތެރެއިން، ފުޓްސަން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން 26,821,850 ރުފިޔާ ދައްކަން ޖެހޭ ކަމަށްބުނެ މުހުލަތު ދީފިއެވެ. އެއީ ވޯކްޕާމިޓް ފީގެ ގޮތުގައި 24,055,850 އާއި ކޯޓާ ފީގެ ގޮތުގައި 2,766,000 ރުފިޔާއެވެ. އެކުންފުންޏާއެކު 1 ލައްކަ ރުފިޔާއިން މަތިން ޓެކްސް ފައިސާ ދިނުމަށް 1026 ކުންފުންޏެއް ލިސްޓު ކޮށްފައި އެބައޮތެވެ.

ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު ބައްލަވާލެއްވުމަށް މިތަނަށް ކްލިކް ކޮށްލައްވާ

މި ނުދައްކާ ހުރި ފީތައް ހައްލުކުރަން ޖެހޭއިރު، ތަންފީޒީ ނިޒާމު ހަރުދަނާ ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭކަން ރައީސްވެސް ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ ތެރޭގައި ތަފްސީލީ ބަޔޮމެޓްރިކް ޑޭޓާ މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިން ޓްރެކްކުރުން އިތުރުކުރުމާއި، އެނބުރި އަންނަން ބޭނުންވާ ފަރާތްތަކަށް އެސިސްޓެޑް ވޮލަންޓަރީ ރިޓަރން (އޭވީއާރު) ޕްރޮގްރާމެއް ފެށުން ހިމެނެއެވެ.