ކޮޕާ އެމެރިކާގެ ފައިނަލް މެޗުގައި ލިބުނު އަނިޔާތަކުން ރަނގަޅު ނުވަނީސް މެސީ އޭނާގެ ގާތް އެކުވެރިޔާ ސުއަރޭޒް އާއި އާއިލާ ގޮވައިގެން މަޖާކޮށްލަން ދަތުރު ގޮސްފިއެވެ.
ހަފްތާ ބަންދުގައި ޗުއްޓީ ހަދާލަން މިޔާމީ ޓީމުން މެސީއަށް ހުއްދަ ދިނީ ފައިނަލް މެޗުގައި ލިބުނު އަނިޔާގެ ސަބަބުން މުއްދަތެއް ނެތް ގޮތަށެވެ.
މެސީގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ޑޮކްޓަރުން އޭނާގެ ގާތު ރެސްޓު ކުރުމަށް އެންގި ނަމަވެސް އެންމެ ގާތް އެކުވެރިޔާ ސުއަރޭޒް އާއި އެކު އާއިލާ މަޖަލުގައި ބައިވެރިވާން ހުއްދަދިނީ ، ކޮޕާ އެމެރިކާގައި އުރުގުއޭ ޓީމާއެކު ސުއަރޭޒް އެނބުރި ގައުމަށް ނުގޮސް ޗުއްޓީ ހަދާލަން މަޑުކޮށްލަން މެސީ އެދިފައި ވުމުންނެވެ. ކަނޑުމަތީގައި ޗުއްޓީ ހޭދަކޮށްލުމަށް ސަފާރީގައި ތިބިއިރު މެސީގެ ފައިގެ ކުޑަހުޅު ރައްކާތެރި ކުރުމަށް ހާއްސަ ބޫޓަކަށް އަރައިގެން އުޅޭތަން ފޮޓޯތަކުން ފެންނަން ހުއްޓ

މި ޗުއްޓީ ދަތުރުގައި ސުއަރޭޒްގެ އަންހެނުން ސޯފިއާގެ އިތުރުން ކޮއްކޮ މަރިއާނާ އާއި އޭނާގެ ބައިވެރިޔާ ވެސް ހިމެނެ އެވެ.
ސުއަރޭޒް މިދިޔަ ހަފްތާގައި މިއާމީއަށް އެނބުރި އައީ ސެމީ ފައިނަލުގައި ކޮލަމްބިއާ އަތުން ބަލިވި އުރުގުއޭއާ އެކު ކޮޕާ އެމެރިކާ އަށް ދިއުމަށް ފަހު އެވެ.



