ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ 20 އަހަރުން ދަށުގެ މުބާރާތް ރާއްޖެ ރޭ ނިމުނުއިރު ރާއްޖެއިން މުބާރާތް ނިންމާލީ އެންމެ ސެޓެއްވެސް ނުލިބި ފުލުންނެވެ.
މުބާރާތް ހުޅުވި މެޗުގައި ރާއްޖެއިން ފަށައިގެން ރަނގަޅަށް ކުޅުނު ތަން ފެނުނެވެ. އެއީ ކިރްގިސްތާނާއި ދެކޮޅަށެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ކުރިޔަށްދިޔަ މި މުބާރާތުގައި ފެނުނީ ރާއްޖެއިން ވަރަށް ދަށް ކުޅުމެކެވެ. މުބާރާތް ހުޅުވި މެޗުގައި ކިރްގިސްތާނުން ކާމިޔާބުކޮށްފައިވަނީ 25-11, 25-11 އަދި 25-17 އިންނެވެ. މެޗުގައި ދިވެހި ޓީމުންވެސް ވަނީ ބައެއް ދަނޑިވަޅުތަކުގައި މޮޅަށް ކުޅެފައިކަން ފާޙަގަ ކުރެވުނެވެ. ނަމަވެސް ކިރްގިސްތާނުން ވަނީ ޓީމެއްގެ ސިފައިގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެކަމެއް ރާއްޖެއަކަށް ނުކުރެވުނެވެ.
ދެން އޮތީ ލަންކާއާއި ދެކޮޅަށް ކުޅުނު މެޗެވެ. ސަރަހައްދުގެ ގަދަ ބާރު ކަމަށްވާ ލަންކާއާއި ދެކޮޅަށްވެސް ރާއްޖެއަށް ރަނގަޅު ފައިޓެއް ނުދެވި 0-3 ސެޓުން ބަލިވީއެވެ. އަދި ނޭޕާލާއި ދެކޮޅަށްވެސް އާދަޔާ ޚިލާފު ދަށް ކުޅުމެއް ދެއްކުމުގެ ސަބަބުން ވޮލީގެ 20 އަހަރުން ދަށުގެ އަންހެން ޓީމުގެ މުސްތަގުބަލް ރަނގަޅު ކުރުމަށް އިތިރި ފުރުސަތު ތަކާއި ޓްރެއިނިންގ ދޭން ޖެހެއެވެ.
ޓީމުގެ ފެންވަރު ދަށް ކުޅުމުގެ ސަބަބުން ޓީމުގެ މެނޭޖްމަންޓަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވޮލީގެ ތަޖުރިބާކާރުން ދެކެއެވެ.



