ޔޫއޭއީގެ އެއާ އަރަބިއްޔާއިން ޝާރްޖާ އާއި ރާއްޖެ އާއި ދެމެދު ދަތުރުތައް ފަށަން ނިންމައިފިއެވެ.
ޝާރްޖާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އޮކްޓޯބަރު 27، 2024 ގައެވެ. މި އާ ރޫޓުގެ ސަބަބުން ދެކުނު އޭޝިއާގެ އެންމެ މަގުބޫލު އެއް މަންޒިލް ބަލާލުމަށް ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަ އަދި އަގުހެޔޮ ގޮތްތަކެއް ލިބިގެންދާނެ އެވެ.
ކޮންމެ ދުވަހަކުވެސް ޝާރްޖާ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރުމަށް ނިންމާފައިވާއިރު މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ މަތިންދާ ބޯޓެވެ.
ރާއްޖެއަށް އެކި މަންޒިލްތަކުން ކުރާ ދަތުރުތައް އިތުރުކުރުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަންނަ އޮގަސްޓް މަހު މެލޭޝިއާ އެއާލައިންސްގެ ދަތުރުތައްވެސް ފެށުމަށް ވަނީ ނިންމާފައެވެ.



