ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލަންކާ ބަލިކޮށް ކިރްގިސްތާނުން ހޯދައިފިއެވެ.
މުބާރާތުގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ފާޙަގަކުރެވުނު ލަންކާ ބަލިވީ ސީދާ 0 ސެޓުންނެވެ.
ފައިނަލްގެ ކުރިންވެސް މުބާރާތުގައި މި ދެޓީމު ކުޅުނެވެ. ނަމަވެސް 3-2 ސެޓުން ކާމިޔާބުކުރީ ލަންކާއެވެ. އެހެންނަމަވެސް، ރޭގެ މެޗުގައި ކްރިގިސްތާނު ފެނުނި ވަރަށް ތަފާތުކޮށެވެ.
ފުރަތަމަ ސެޓުން ލަންކާއަށް މޮޅުވާނެ ފުރުސަތު ލިބުނަސް އުނދަގޫ އަދި ޕްރެޝަރާއި ކުރިމަތިލައި ފަހުވަގުތު ކްރިގިސްތާނުން އެ ސެޓު ހޯދީ 28-26 އިންނެވެ.
ދެވަނަސެޓުގައި 25-17 އަދި ފަހު ސެޓު 19-25 ގެ ނަތީޖާއަކުން ކިރްގިސްތާނު ކާމިޔާބުކުރިއިރު، ލަންކާއަށް މި ދެ ސެޓުގައި އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

ޖުމްލަ ހަތަރު ޓީމާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.



