ލަފާކުރި ވަގުތަށްވުރެ ކުރިން ޖައްވީ އުޅަނދު ވެއްޓިއްޖެ

އުސްތާޛް މުޙައްމަދު ޢަލީ | 14 ގަޑިއިރު ކުރިން - 10 މޭ 2025 17:47
ލަފާކުރި ވަގުތަށްވުރެ ކުރިން ޖައްވީ އުޅަނދު ވެއްޓިއްޖެ.
ލަފާކުރި ވަގުތަށްވުރެ ކުރިން ޖައްވީ އުޅަނދު ވެއްޓިއްޖެ.
ޚުލާސާ

ޖައްވީ އުޅަނދު ވެއްޓުނީ އިންޑިއާ ކަނޑަށް.

ސައެންސްވެރިން ލަފާކުރި ވަގިތަށްވުރެ ކުރިން ސޯވިއެޓްގެ ޖައްވީ އުޅަނދު އިންޑިއާ ކަނޑަށް ވެއްޓިއްޖެއެވެ.

ސޯވިއެޓް ޒަމާނުގެ އުޅަނދު ބައިނަލްއަޤްވާމީ ޖައްވުގައި 53 އަހަރު ދުއްވުމަށްފަހު ދާދި ދެންމެއަކު ވެއްޓުނީ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ހުޅަނގުން އިންޑިއާ ކަނޑަށެވެ.

މި އުޅަނދަކީ ކޮސްމޮސް 482 ގެ ނަމުގައި 1972 ވަނަ އަހަރު ސޯވިއެޓް ޔޫނިއަނުން ފޮނުވި އުޅަނދެކެވެ. މިއީ ވީނަސް ދިރާސާކުރުމަށް ހިންގި ވެނެރާ ޕްރޮގްރާމުގެ ދަށުން ފޮނުވި އުޅަނދެކެވެ.

ރަޝިއާގެ ފެޑެރަލް ސްޕޭސް އޭޖެންސީ ކަމުގައިވާ ރޮސްކޮސްމޮސްއިން ބުނާ ގޮތުގައި ކޮސްމޮސް 482 ޖައްވުގެ ތެރެއަށް ވަދެފައިވަނީ މޮސްކޯ ގަޑިން ހެނދުނު 9:24 ގައެވެ. އަދި އިންޑިއާ ކަނޑުގެ އެކަހެރި ސަރަހައްދަކަށް ވެއްޓިފައިވާ ކަމަށް ބެލެވެއެވެ. މި ހާދިސާގައި އެއްވެސް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބުނު ކަމަކަށް ރިޕޯޓެއް އަދި ނުލިބެއެވެ.

އިންޑޮނޭޝިއާއިން ބުނީ ދިރިއުޅޭ ސަރަހައްދުތަކަށް އެއްވެސް ނުރައްކަލެއް ނެތްކަން ކަށަވަރުކޮށްދީފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

4 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%