މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހިއްސާއަކަށް 60 ލާރި ބަހަން ފާސްކޮށްފިއެވެ.
މެންހަޓަން ބިޒްނަސް ހޮޓެލްގައި ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި މިފަދައިން ނިންމާފައިވަނީ ކުންފުނީގެ %99 ހިއްސާދާރުންގެ ތާއީދާއެކުއެވެ.
ހިއްސާދާރުންނަށް ހިއްސާގެ ގޮތުގައި ޖުމްލަ 20.4 މިލިއަން ރުފިޔާ ބެހުމަށް މި ޖަލްސާގައި ވަނީ ނިންމާފައެވެ.
އެމްޓީޑީސީން 2022 ވަނަ އަހަރުގެ ފައިދާއިންވެސް ހިއްސާއަކަށް 60 ލާރި ވަނީ ބަހާފައެވެ.
އެ ކޯޕަރޭޝަނަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 6.7 މިލިއަން ޑޮލަރު ނުވަތަ 102 މިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެ ތެރެއިން 2.1 މިލިއަން ޑޮލަރު ނުވަތަ 32 މިލިއަން ރުފިޔާއަކީ ފައިދާއެވެ.



