ލުބުނާނުގައި އިސްރާއީލު ސިފައިންގެ ހަމަލާ އަމާޒުވި އޭއެފްޕީގެ ނޫސްވެރިއެއް ކަމަށްވާ ކްރިސްޓީނާ އަސީ ޕެރިސް 2024 އޮލިމްޕިކް ގޭމްސްގެ ކުރިން ފްރާންސްގެ ވިންސެންސްގައި ބޭއްވި އޮލިމްޕިކް ޓޯޗް ރިލޭގައި ބައިވެރި ވެއްޖެއެވެ. ހަމަ އެ ހަމަލާގައި ޒަޚަމްވި އޭނާގެ އެކުވެރިޔާ ޑައިލަން ކޮލިންސްއާ އެކު އާސީ ވަނީ މަރުވި ނޫސްވެރިންނަށް ޝުކުރު އަދާކުރުމަށް އޮލިމްޕިކް ޓޯޗު ހިފައިގެން ގޮސްފަ އެވެ.
"އޮލިމްޕިކް ފްލޭމް ހިފައިގެން ދިޔުމަކީ ވަރަށް އަސަރުކުރިކަމެއް، ހާއްސަކޮށް މަސައްކަތުގައި ހުއްޓާ ހަމަލާ އަމާޒުވެ މަރުން ސަލާމަތްވުމަށްފަހު." މީޑިއާއަށް ދިން އިންޓަވިއުއެއްގައި އަސީ ބުންޏެވެ މިއަދު.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ދެކުނު ލުބުނާނަށް ދިން ހަމަލާގައި ރޮއިޓާސްގެ ނޫސްވެރިޔާ އިސާމް އަބްދުالله މަރުވެ، އާސީ ހިމެނޭ ގޮތަށް އިތުރު ހަ ނޫސްވެރިއަކަށް އަނިޔާވެ، ފައިގެ ބައެއް ކަނޑާލާފައިވެ އެވެ.
ޕެރިސް 2024 އޮލިމްޕިކް ގޭމްސް ޖުލައި 26 ވާ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ޓޯޗް ރިލޭ އަކީ ދުނިޔޭގެ ނޫސްވެރިންގެ ހިތްދަތި ހަނދާން އައުކޮށްދޭ ކަމެކެވެ.



