33 ވަނަ ގައުމީ ކެރަމްގެ ޗެމްޕިއަންކަން ހުޖާން އާއި ނަހުފާ ހޯދައިފިއެވެ، މިއީ ޖެހިޖެހިގެން ދެވަނަ ފަހަރަށް މި ޕެއާ އިން ޗެމްޕިއަންކަން ހޯދި ފަހަރެވެ.

ހުޖާން އާއި ނަހުފާ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ މިކްސް ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި މުބާރާތުގެ މިކްސް ޑަބަލްސް ފައިނަލްގައި 2-1 އިން އާދަމް އަދީލް އާއި އައިމިނަތު ވިދާދްގެ ޕެއާ އިއްޔެ ބަލިކުރުމަށްފަހުއެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓު 12-8 އިން އަދީލް އާއި ވިދާދްގެ ޕެއާ ގެންގޮސްފައިވަނިކޮށް، ހުޖާން އާއި ނަހުފާގެ ޕެއާ މޮޅުވީ ދެން ކުޅުނު ދެ ސެޓު 25-23، 25-6 އިން ކާމިޔާބު ކޮށްގެންނެވެ.