އަލީ ވަހީދު ނުވަތަ ފުޓުބޯޅާއިގައި މަޝްހޫރު ބަލަކް އަކީ އިނގިރޭސިވިލާތުގައި ޔުއެފާ ސީ ކޯޗިން ލައިސަންސް ލިބިފައިވާ ފުރަތަމަ ދިވެހި ކޯޗެވެ.
މިހާރު ތަމްރީނު ހޯދަމުން އަންނަނީ އިނގިރޭސި އެފްއޭ އާއި ވޭލްސް އެފްއޭ އިން ނެވެ. އޭނާ މިހާރުވަނީ ޔޫއެފާ ބީ ކޯހުގައި ބައިވެރިވެފަ އެވެ.
ކޯޗިން ކޮލިފިކޭޝަންގެ އިތުރުން ވަހީދު ވަނީ ގްރާސް ރޫޓްސް ލީގުގެ ފުރަތަމަ ޑިވިޝަން ޓީމެއް ކަމަށްވާ ސައުތު ލަންޑަން ފުޓްބޯޅަ ނެޓްވޯކްގެ ފްލެގްޝިޕް ޓީމު އޭއެފްސީ ސައުތު ލަންޑަންގެ ކޯޗަކަށް ހަމަޖައްސާފަ އެވެ. ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވަރުގަދަ ލައިސަންސް ބެޖްގެ ގޮތުގައި ފާހަގަކުރެވޭ ޔޫއެފާގެ ކޯޗިން ބެޖްތަކަކީ ވަރަށް ޝަރަފުވެރި ބެޖްތަކެކެވެ. މި ލައިސަންސާއި އިތުރު ތިން ބެޖަކާއެކު ވަހީދަށް ޔޫއެފާގެ ކޯޗިންގެ އެންމެ މަތީ ދަރަޖައަށް ވާސިލްވުމުގެ ފުރުސަތު ބޮޑެވެ.
ވަހީދު އިންޓަރނޭޝަނަލް ކޯޗިން ކެރިއަރު ފެށީ 2021 ވަނަ އަހަރު ސްޕޯޓިން ލަންޑަނުން ނެވެ. އެ ޓީމުގައި އޭނާ ވަނީ 2022 ވަނަ އަހަރުގެ ވިމްބަލްޑަން އަދި ޑިސްޓްރިކްޓް ފުޓްބޯޅަ ލީގު ކަޕް ސެކްޝަން ބީގެ ރަނަރަޕް ޓީމާއި ރައުލް ޑިބުންސެން ކަޕަށް ލީޑްކޮށްދީފަ އެވެ. 2023 ވަނަ އަހަރުގެ މެއި މަހު އޭނާ ވަނީ އިނގިރޭސިވިލާތުގެ އެންމެ ދުވަސްވީ އަދި އެންމެ ތާރީހީ މުބާރާތް ކަމަށްވާ ވިމްބަލްޑަން އަދި ޑިސްޓްރިކްޓް ސެންޓެނަރީ ބީ ކަޕްގައި ސްޕޯޓިން ލަންޑަން ކާމިޔާބު ކުރުމަށް މަގުދައްކައިދީފަ އެވެ. މި ކާމިޔާބީގެ ސަބަބުން ސައުތު ލަންޑަން ފުޓްބޯލް ނެޓްވޯކް ކޯޗް އޮފް ދަ ސީޒަން އެވޯޑް ލިބުނުކަން ފާޙަގަ ކުރެވެއެވެ.
މިއީ ރާއްޖެއިން ބޭރުގައި ދިވެހި ކޯޗެއްގެ އެންމެ މުހިންމު އެއް ކާމިޔާބީ އެވެ.



