އިއްޔެ އޮތް ކުޅުދުއްފުށީ ސިޓީ ގެ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރު ހިންގާ ޕީއެންސީ ޓިކެޓުގައި ވާދަކޮށް ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބުކުރި އިބްރާހީމް އަހްމަދަކީ ކުރީގެ އެމްޑީޕީ އެކްޓިވިސްޓެކެވެ.
އެމްޑީޕީގެ އުސޫލުތައް ކަމުނުދާތީ އެޕާޓީން ވަކިިވި މިހާރު ޕީއެންސީގެ މެމްބަރު އިންތިހާބު ކާމިޔާބުކުރީ 482 ވޯޓު ހޯދައިގެންނެވެ. އެމްޑީޕީގެ ކެނޑިޑޭޓް ޝަމްނޫޒް މުހައްމަދު ނައީމަށް ލިބިލެއްވީ 196 ވޯޓެވެ.
އިބްރާހީމް ވިދާޅުވީ އޭނާގެ ޤާބިލުކަން ހުރި މިންވަރަކުން އަދި އެއަށްވުރެ މާ ފުރިހަމައަށް ، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ދެ އަހަރަކީ ކުޅުދުއްފުށި ސިޓީއަށް ރަނގަޅު ނަތީޖާއެއް ނެރެދެއްވާނެ ދެއަހަރު ކަމަށް ހަދައިދެއްވާނެ ކަމަށެވެ.
މި ބައިލެކްޝަން ބާއްވަންޖެހުނީ ، ކުރިން ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މެންބަރަކަށް ހުންނެވި އެމްޑީޕީގެ މެންބަރު މުޙައްމަދު ދާއޫދު ޕީއެންސީ އަށް ބަދަލުވެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެގޮނޑި ހުސްވެފައިވާތީއެވެ.



