މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ބައި-އިލެކްޝަން ސަރުކާރުން ކާމިޔާބު ކޮށްފިއެވެ.
އިދިކޮޅު ފަރާތްތަކުން ބޮޑެތި ރޯބުހުތާނު ދޮގު ހަދައި ސަރުކާރާއި ދެކޮޅަށް އެންޓި ކެމްޕޭނު ކުރަމުން ދިޔައީމަވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް ގަބޫލު ނުކުރިކަން މިއަދު ނިމިގެން މިދިޔަ ބައި-އިލެކްޝަންގެ ނަތީޖާއިން އެނގިއްޖެ އެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ މިއަދު އިންތިހާބުކުރަން ޖެހޭ 6 ގޮނޑިވެސް ކާމިޔާބުކުރީ ޕީއެންސީ އެވެ. މިހެން މިބުނާ ސަބަބަކީ 6 ގޮނޑިން 5 ގޮނޑި ޕީއެންސީގެ ޓިކެޓަށް ލިބުނުއިރު ، ބާކީ ގޮނޑި ލިބުނީ ޕީއެންސީގެ މެމްބަރަކަށް ކަމަށް ވާތީއެވެ.
މިއަދުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީއާއި އަމިއްލަ ފަރާތްތަކުންނާއި ސަރކާރުން ކުރިމަތިލިއިރު، ޅ. އަތޮޅު ކައުންސިލް ރައީސް ކަމާއި ރ.ހުުޅުދުއްފާރު ކައުންސިލް މެމްބަރު ކަމާއި އަދި ޅ.ހިންނަވަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީވެސް ފަސޭހަކަމާއެކު ސަރުކާރަށް ލިބުނުކަން ފާހަގަ ކުރެވެއެވެ.



