މިއަދު ހެނދުނު 8 ޖެހީއްސުރެ ކުރިޔަށްދާ ލޯކަލް ކައުންސިލް ތަކުގެ ބައި-އިލެކްޝަނުގައި މިއަދު 3 ޖެހުމާއި ހަމަޔަށް 77 ޕަސަންޓު މީހުން ވޯޓު ނުލާ ކަމަށް އިލެކްޝަން އޮފީހުން ބުނެފިއެވެ.
މުޅި ޖުމްލަ ހަ ދާއިރާގެ ވޯޓުލުން މާލެއާއި އަތޮޅުތަކުގައި ކުރިޔަށްދާއިރު 3 ޖެހުމާއި ހަމަޔަށް ވޯޓު ލާފައިވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ 13112 މީހުންގެ ތެރެއިން 22.35 ޕަސެންޓު މީހުންނެވެ. އެއީ 2930 މީހުންނެވެ. ވޯޓުނުލާ 10182 މީހުން އަދި އެބަތިއްބެވެ. މިހާތަނަށް ވޯޓުލީ 1347 އަންހެނުންނާއި 1583 ފިރިހެނުންނެވެ.
މިއަދު ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، ޖުމްލަ ބަހައްޓާފައިވަނީ 25 ވޯޓު ފޮއްޓެވެ.
މިއަދު ވޯޓުލުން ކުރިޔަށްދަނީ މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން ، މާލެ ސިޓީ ކައުންސިލުގެ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން ، ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަން ، ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑީގެ ބައި އިލެކްޝަން އަދި ފ. ބިލެތްދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމުގެ ބައި އިލެކްޝަނެވެ.



